މި އެކްސިޑެންޓް ހިނގީ، ކުޅިވަރު އެކުވެނި ކައިރީ ބޭރުމަގުން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ އެ މަގުން އައި އެހެން ކާރެއްގައި ޖެހި، އެމަގުން އިރުން ހުޅަނގަށް ދުއްވާފައި ދިޔަ ބަހެއްގައި ޖެހިހެންނެވެ.
މި އެކްސިޑެންޓް ހިނގި އިރު، ކާރު ތެރޭ ހަތަރު މީހުން ތިބިކަމަށް ފުރަތަމަ މައުލޫމާތު ލިބުނު ނަމަވެސް އެ ކާރުގައި އެވަގުތު ފަސް މީހުން ތިބިކަމަށް ފަހުން ވަނީ އެނގިފަ އެވެ.
އެކްސިޑެންޓުގައި ޖުމްލަ ހަ މީހަކަށް އެކިވަރުގެ އަނިޔާ ވެފައި ވާއިރު، ފަރުވާ ދެމުން ދަނިކޮށް އުމުރުން 24 އަހަރުގެ މަރިޔަމް އަމާނީ ރަޝީދު ވަނީ ނިޔާވެފަ އެވެ.
"ސީއެންއެމްއަށް" އަށް މައުލޫމާތު ދިން މި އެކްސިޑެންޓެއްގައި އަނިޔާވި މީހެއްގެ އެކުވެރިޔަކު ބުނީ، ކާރު ތެރޭގައި އެވަގުތު ފަސް މީހުން ތިބިކަމަށާއި، އޭގެ ތެރެއިން އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖަކާއި 23 އަހަރުގެ އަންހެނެއް އަދިވެސް އޮތީ ކޯމާއެއްގައި ކަމަށެވެ.
މީގެ އިތުރުން އޭނާ ބުނީ، އެކްސިޑެންޓެއްގައި އަނިޔާވި ކާރު ދުއްވަން އިން އުމުރުން 22 އަހަރުގެ ހަސަން ޒަޔާން އާއި އޭނާގެ އަންހެނުން ލަހުފާ ވަހީދުގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ.
މި އެކްސިޑެންޓެއްގައި އެމްޓީސީސީ ބަސް ދުއްވަން އިން ޑްރައިވަރުގެ އިތުރުން އެޓެންޑެންޓަށް ވެސް ވަނީ އެކިވަރުގެ އަނިޔާތައް ވެފަ އެވެ.