ads
އައިޖީއެމްއެޗް
އައިޖީއެމްއެޗްގެ ބައެއް ހިދުމަތްތައް މެދުކަނޑާލަން ނިންމައިފި
ބޮޑު އީދާއި ދިމާކޮށް އައިޖީއެމްއެޗް އިން ދެމުން އަންނަ ބައެއް ހިދުމަތްތައް ވަގުތީގޮތުން މެޑުކަނޑާލަން އެ ހޮސްޕިޓަލުން ނިންމައިފި އެވެ.

އައިޖީއެމްއެޗް އިން ކޮށްފައިވާ އިއުލާނެއްގައި ބުނީ، ކުރިއަށް އޮތް ބޮޑު އީދާއި، މިނިވަން ދުވަހާއި ގުޅިގެން ސަރުކާރުން ކަނޑައަޅާފައިވާ ބަންދު ދުވަސްތަކުގައި އެ ހޮސްޕިޓަލުން ދެމުން އަންނަ ބައެއް ހިދުމަތްތައް ވަގުތީގޮތުން މެދުކަނޑާލަން ނިންމާފައި ވާކަމަށެވެ. 

އައިޖީއެމްއެޗްގެ އިއުލާނުގައި ބުނެފައިވަނީ، ހޮސްޕިޓަލުގެ ސްޕެޝަލް އޯޕީޑީ އާއި އައިޕީޑީގެ ހިދުމަތުގެ އިތުރުން އިމަޖެންސީ ހިދުމައްތައް ދިޔަވާ އިތުރު އެހެން ކްލިނިކް ތަކުން ދެމުން އަންނަ ހިދުމަތްތައް މެދުކަނޑާލަން ނިންމާފައި ވާކަމަށެވެ. 

އެގޮތުން މި މަހުގެ ނުވަ ވަނަ ދުވަހާއި، 10 ވަނަ ދުވަހާއި، 12 ވަނަ ދުވަހާއި، 13 ވަނަ ދުވަހާއި، މިނިވަން ދުވަސް ކަމަށްވާ 26 ވަނަ ދުވަހުގެ އިތުރުން 27 ވަނަ ދުވަހު ހިދުމަތްތައް މެދުކަނޑާލަން ނިންމާފައި ވާކަމަށް ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ. 

އެހެން ނަމަވެސް މިމަހުގެ 11 ވަނަ ދުވަހާއި، 14 ވަނަ ދުވަހު މެދުކަނޑާލާފައިވާ ހިދުމަތްތައް ލިބޭނެ ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ. 

އައިޖީއެމްއެޗް އިން އިތުރަށް ބުނީ، ބަންދު ދުވަސްތަކުގައި ބައެއް ހިދުމަތްތައް މެދުކަނޑާލަން ނިންމާފައިވީނަމަވެސް، ހޮސްޕިޓަލުގެ އިމަޖެންސީއާއި، ޓްރޯމާ އިން 24 ގަޑިއިރު ރައްޔިތުންނަށް ހިދުމަތްތައް ލިބެން ހުންނާނެ ކަމަށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް