ads
ސްލީކްވިލާ އިން ދުން އަރާތީ އެމްއެންޑީއެފުން ހަރަކާތްތެރިވަނީ-- ފޮޓޯ: ދަޕްރެސް
މާލޭގެ ގެއަކުން ދުން އަރާތީ އެމްއެންޑީއެފުން ހަރަކާތްތެރިވަނީ
ގަލޮޅު ދަނޑު ކައިރީ ހުރި ގެއަކުން ދުން އަރާތީ އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު އިން ހަރަކާތްތެރިވާން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ، އަލިފާން ރޯވެފައި ވަނީ ގ. ޕްރެސައިޑް ނަމަކަށް ކިޔާ ގެއެއްގެ ފުރަތަމަ ފަންގިފިލާގައި ކަމަށެވެ. އެގޮތުން އެމްއެންޑީއެފްގެ ފަޔާ ޓީމުން މިހާރު އެ އަލިފާން ނިއްވާލާފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެ އެވެ. 

އެމްއެންޑީއެފުން އިތުރަށް ބުނީ އަލިފާން ރޯވީ އެތަނުގެ ކޮޓަރިއެއްގެ ކަރަންޓު ޑީ ބޯޑުގައި ކަމަށެވެ. އަދި އަލިފާނުގެ އަސަރު ގޭގެ ދޮންނަ މެޝިނަށް ވެސް ކޮށްފައިވާ ކަމަށާއި ބައެއް އަންނައުނު ވެސް އަނދާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް