ads
މިނިސްޓަރު އަލީ ވަހީދު--
އާންމުވެފައި ވަނީ ސައްހަ އޯޑިއޯއެއް ނޫން: އަލީ ވަހީދު
ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އާއި އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީއަށް ނިސްބަތްކޮށް، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހަޑިހުތުރު ބަހުން ވާހަކަ ދައްކަވާ ކަމަށް ބުނާ އޯޑިއޯއަކީ ސައްހަ އޯޑިއޯއެއް ނޫން ކަމަށް އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ އޯޑިއާގައި އަލީ ވަހީދު ވާހަކަ ދައްކަވަނީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، އައްސަދު އަލީއާ އެވެ. އެގޮތުން ހެލްތު މިނިސްޓަރު އަމީންއާ ގުޅިގެން އަލީ ވަހީދު ވިދާޅުވީ މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަހާއި ގުޅިގެން ރައްކާތެރިވުމުގެ ގޮތުން ބޭނުންކުރާ މާސްކާއި ކެމެރާ އަދި ކަރަންޓީން ފެސިލިޓީ ގާއިމުކުރީ އޭނާ ކަމަށެވެ. 

މިނިސްޓަރު އަމީންއަށް ނިސްބަތް ކުރައްވާ އެގޮތަށް ދެއްކެވި ވާހަކައިގައި އަލީ ވަހީދު ވަނީ ވަރަށް ހުތުރު ބަސްތައް ބޭނުން ކުރައްވާފަ އެވެ. އެއް މިނެޓް 27 ސިކުންތުގެ މި އޯޑިއޯގައި އަލީ ވަހީދު އިތުރަށް ވިދާޅުވީ، އަމީން ކުރެއްވި ކަމަކީ ހެދިކާ ކެއުން ކަމަށާއި އަދި އޭނާ ތަނަކަށް ވަޑައިގަންނަވާނަމަ ފޮޓޯ ނަގަން ދެ ކެމެރާމަނުން ގެންދަވާ ކަމަށެވެ.

އޭގެ އިތުރުން އެޑިއުކޭޝަން މިނިސްޓަރަށް ނިސްބަތް ކުރައްވާ ވެސް އަލީ ވަހީދު ވަރަށް ހުތުރު ބަހުން ވާހަކަ ދައްކަވާ، އޯޑިއޯއެއް ވެސް އާންމުވި އެވެ. އެގޮތުން އެޑިއުކޭޝަން މިނިސްޓަރަށް ހަޑިހުތުރު ބަހުން ނިސްބަތް ކުރެއްވީ ސްކޫލުތަކުގެ ކުޅިވަރާ ގުޅޭ ބައެއް ކަންކަމުގަ އެވެ. 

މި އޯޑިއޯއާ ގުޅިގެން އަލީ ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ އޯޑިއޯ ދައުރުކުރަމުންދަނީ އޭނާގެ އަނބުރު ކަތިލުމުގެ ގޮތުން ކަމަށާއި ނަމަވެސް އެފަދަ އަމަލުތަކުގެ ސަބަބުން އަޒުމު ނުގުޑާނެ ކަމަށެވެ. އަދި ހައްގަށް އަބަދުވެސް ނަސްރު ލިބޭނެ ކަމަށެވެ. 

އަމީން އާއި އަލީ ވަހީދަކީ ޖުމްހޫރީ ޕާޓީގެ ސްލޮޓުގައި މިނިސްޓަރު ކަމަށް ވަޑައިގަތް ދެ ބޭފުޅުންނެވެ. އަދި އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ މިނިސްޓަރު ކަމަށް ވަޑައިގެންނެވީ އެމްޑީޕީ ސްލޮޓެއްގަ އެވެ.

14%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
57%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް