ads
ހައްޖަށް ފުރުމުގެ ކުރިން އާއިލާއާއި އެންމެ ފަހުގެ ސަލާން ކުރަނީ
ހައްޖުގެ ނަސީބު ނުލިބޭ މީހުންވެސް އަރަފާތު ދުވަހުގެ ސަވާބުން މަހްރޫމުނުވޭ: ހުތުބާ
އަހަރެމެން ވޭތުކުރަމުން މިދަނީ ހައްޖުމަހުގެ ފުރަތަމަ ދިހައިގެ ދުވަސްތަކެވެ. މިއީ ހެޔޮކަމުން ފުރިގެންވާ ބަރާކާތްތެރި ދުވަސްތަކެވެ. ތަގުވާވެރިވުމާއި، ކުށްފާފަތަކުން ތައުބާވުމުގެ ދުވަސްތަކެވެ. ހެޔޮ އަމަލު ގިނަކޮށް، އާހިރަތުގެ ބާއްޖަވެރިކަން ލިބިގަތުމަށް މަސައްކަތްކުރަންވީ ދުވަސްވަތެކެވެ.

ރަސޫލާ ހަދީޘް ކުރައްވާފަވެ އެވެ. "ހެޔޮ އަމަލު ގިނަ ކުރުމަށް ހައްޖުމަހުގެ ދިހަ ދުވަހަށް ވުރެ ﷲގެ ހަސްރަތުގައި ލޮބުވެތިކަން ބޮޑު ދުވަސްތަކެއް ނުވެއެވެ"

ދުވަސްތަކުގެ ތެރޭގައި ހިމެނޭ އެންމެ މާތް ދުވަހަކީ ހައްޖު ދުވަސް ނުވަތަ އަރަފާތް ދުވަހެވެ. އެދުވަހު އަރަފާތު ބިމަށް ޖަމާވެފައިތިބޭ ހައްޖުވެރިންގެ ފާފަތައް މާތްﷲ ފުއްސަވާ ދެއްވަ އެވެ. އެއީ ފާފަފުއްސެވުމާއި، ނަރަކައިން ދިންނަވައި މުއްތިކުރުމުގެ ދުވަހެވެ. 

ނަމަވެސް އެދުވަހު އަރަފާތު ބިމަށް ދިއުމުގެ ނަސީބު ނުލިބޭ، މާތް ﷲ ގެ އޯގާވަންތަކަމާއި، ތަނަވަސް ރަހުމަތުން ހައްޖުގެ އަޅުކަން އަދާކުރުމުގެ ނަސީބު ނުލިބޭ މީހުން ވެސް އަރަފާތު ދުވަހުގެ ސަވާބުން މާތްﷲ މަހްރޫމް ނުކުރައްވަ އެވެ.

އަރަފާތް ދުވަހުގެ މާތްކަމުގެ މައްޗަށް އަލިއަޅުވާލާ މިއަދު ދިން ހުކުރު ހުތުބާގައި ވާގޮތުން، ހައްޖަށް ދިއުމުގެ ނަސީބު ނުލިބޭ މީހުން އަރަފާތް ދުވަހު ރޯދަހިފުން މޮޅު އިތުރުވެގެން ވެއެވެ. އަދި މާތް ﷲ ހަނދުމަކޮށް، ދުއާ ކުރުމުގައި ގިނަ ވަގުތު ހޭދަކުރަން މޮޅު އިތުރުވެގެންވެ އެވެ. 

"އަރަފާތް ދުވަހު ރޯދަ ހިފުމަކީ ފާއިތުވެ ދިޔަ އަހަރާއި، އަންނަން އޮތް އަހަރުގެ ކުދި ފާފަތައް ފުހެޅޭވޭ ކަމެއްކަމުގައި ރަސޫލާގެ އަރިހުން ސާބިތުވެ އެވެ. ރަސޫލާ ހަދީޘް ކުރައްވާފަ ވެއެވެ. "އަރަފާތް ދުވަހު ރޯދަ ހިފުމަކީ އިސްވެ ދިޔަ އަހަރާއި، އަންނަން އޮތް އަހަރުގެ ފާފަ ފުއްސަވާނެ ކަމެކެވެ. އަދި ޢާޝޫރާ ދުވަހު ރޯދަ ހިފުމީ އިސްވެ ދިޔަ އަހަރުގެ ފާފަ ފުއްސަވާނެ ކަމެކެވެ" ހުތުބާގައި ބުންޏެވެ.

ހިތުބާގައި ބުނީ، އަރަފާތް ދުވަހަކީ ހައްޖުގެ އަޅުކަމުގައި ހިމެނޭ އެންމެ މުހިންމު ރުކުން އަދާކުރާ ދުވަސް ކަމަށާއި، އެންމެހައި ހައްޖުވެރިން އަރަފާތު ބިމުގައި ތިބެ މާތްﷲ ގެ ރަހުމަތާއި، މަގްފިރަތު އަދި ދިންނެވުމަށް އެދި މިއަދު ދުއާ ކުރާނެ ކަމަށެެވެ. 

މިއަދު މާތްﷲ ދުނިޔޭގެ އުޑަށް ތަޖައްލީވެވޮޑިގެން، އުޑުގެ އަހުލުވެރިންގެ ގާތުގައި ބިމުގެ އަހުލުވެރިންނާމެދު ފަހުރުވެރިވެ ވޮޑިގެންނަވާނެ ކަމަށް ހުތުބާގައި ބުނެފައި ވެއެވެ. 

"އެހިދު ވަހީކުރައްވާނެތެވެ. ތިޔަބައިމީހުން ތިމަންރަސްކަލާނގެ އަޅުންނަށް ނިކަން ބަލާބަލާށެވެ. އެބައިމީހުން ތިމަން ރަސްކަލާގެ ހަސްރަތައް އައިސްއެތިބީ ބޯހޭވި، ހިރަފުން ތަތްތެޅި، ކާރޫބާރޫ ބޮޑުކަމުގެ ތެރޭގަ އެވެ. އެބައިމީހުން އައިސްއެތިބީ ދުރު ހިސާބުތަކުންނެވެ. އެބާމީހުން ތިމަަރަސްކަލާނގެ ކޯފާ ނުދެކެ، ތިމަންރަސްކަލާނގެ ކިބައިން ރަހުމަތައް އެދެއެވެ. އަރަފާތް ދުވަހަށް ވުރެ މީސްތަކުން ނަރަކައިން މުއްތިކުރެވޭނެ އެހެން ދުވަހެއް ނުވެއެވެ" ރަސޫލާ ހަދީޘް ކުރައްވާފަ ވެއެވެ.

އަރަފާތް ދުވަހު ފާފަފުއްސެވުމަށް އެދި ގިނަގިނައިން ދުއާކުރުމަށް ވަނީ އަންގަވާފަ އެވެ. މާތް ﷲ ހަދުމަކޮށް ފާފަ ފުއްސެވުން އެދި ދުއާކުރުމަކީ އަޅުކަމެކެވެ. އިންސާނާ ގާފިިލުކަމުން ދުރުކޮށް މާތްﷲ އާއި ގުޅުވާދެނީ ހާލިގު ހިތަކުން އަޅުތަކުން ކުރާ ދުއާއިން ނެވެ. 

އަރަފާތް ދުވަހަކީ ދުއާ އިޖާބަކުރެއްވުމުގެ ދުވަހެވެ. އެހެންކަމުން މިއަދު ގިނަގިނައިން ދުއާކުރުމަށް ހުތުބާގައި ވަނީ އިލްތިމާސްކޮށްފަ އެވެ. 

މާތްﷲ ވަހީކުރައްވާފަވެއެވެ. މާނައީ؛ ތިބައިމީހުން ތިމަންރަސްކަލާނގެއަށް ދުއާ ކުރާށެވެ. ތިމަންރަސްކަލާނގެ ތިޔަބާމީހުން ދުއާ އިޖާބަކުރައްވާ ހުށީމެވެ. ހަމަކަށަވަރުން ތިމަންރަސްކަލާނގެއަށް ދުއާކޮށް، އަޅުކަން ކުރުމަށް ކިބުރުވެރިވެ ގަންނަ މީހާ ދަންނާށެވެ. ނިކަން ހުރެ ނިކަމެތިވެގެންވާ ހާލު އެއުރެން ނަރަކައަށް ވަންނާނެތެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް