ads
ގެމަނަފުށީ ކުނިގޮނޑު ރޯވެ އަނދަނީ-- ފޮޓޯ: ފުލުހުން
ގެމަނަފުށި ކުނިގޮނޑުގައި ރޯވެ އަނދަނީ
ގއ. ގެމަނަފުށީ ކުނިގޮނޑުގައި ބަޔަކު ރޯކޮށްލުމާއި ގުޅިގެން އެތަން ވަރަށް ބޮޑަށް އަނދަމުން އެބަދެ އެވެ.

ފުލުހުން ބުނީ ގެމަނަފުށީ ކުނިގޮނޑުގައި ބަޔަކު ރޯކޮށްލި ކަމުގެ ރިޕޯޓް ފުލުހުންނަށް ކޮށްފައި ވަނީ މިއަދު ހަވީރު 17:30 ގައި ކަމަށެވެ.

ފުލުހުންނާއި ރަށު ކައުންސިލު ގުޅިގެން އޭރުއްސުރެ އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް ކުރަމުން އަންނައިރު އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައި ނުވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

އެގޮތުން ރޯވި އަލިފާންގަނޑު ކޮންޓްރޯލް ނުކުރެވިގެން ގއ. ވިލިނގިލިން ފުލުހުންގެ ޓީމެއް ގޮސް، ގެމަނަފުށީގައި މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް