ads
ލީސާ އާއި އޭނާގެ ދޮށީ ފިރިހެން ކުއްޖާ--
ލީސާ ވިހައިފި، ލިބުނީ ފިރިހެން ކުއްޖެއް
ބޮލީވުޑު އެކްޓަރެސް އަދި މޮޑެލް ލީސާ ހޭޑޮންއަށް ދެވަނަ ދަރިއަކު ލިބިއްޖެ އެވެ.

ދެވަނަ ދަރިއަކަށް ބަލިވެ އިންކަން މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ލީސާ ހިއްސާ ކުރިއިރު އޭނާ މިވަނީ ދެވަނަ ކުއްޖާ ލިބުން ކަން އިންސްޓަގްރާމު މެދުވެރިކޮށް ހިއްސާކޮށްފަ އެވެ. 

އެގޮތުން ދޮށީ ފިރިހެން ދަރިފުޅު، ޒެކްއާއި ހަގު ކުއްޖާގެ ފޮޓޯއެއް ވެސް އޭނާ ހިއްސާކުރި އެވެ.

ލީސާ ކައިވެނިކޮށްފައިވަނީ 2016 ވަނަ އަހަރު ޑިނޯ ލަލްވާނީއާއެވެ. އުމުރުން 32 އަހަރުގެ ލީސާއަށް ފުރަތަމަ ކުއްޖަކު ލިބިފައިވަނީ 2017 ވަނަ އަހަރު މެއި މަހުއެވެ.

ލީސާ ވަނީ އޭނާގެ އެކްޓިންގެ ހުނަރު ފިލްމު އައިޝާ، ހައުސްފުލް 3، ކުއީން އަދި އޭ ދިލް ހެ މުޝްކިލް ގައި ދައްކާލާފައެވެ. އަދި އޭނާ އަކީ އިންޑިއާސް ނެކްޓު ޓޮޕް މޮޑެލްގެ ފުރަތަމަ އަދި ދެވަނަ ސީޒަނުގައި ވެސް ފެނިފައެވެ. އަދި މިއަހަރު ޓޮޕް މޮޑެލް އިންޑިއާ ގައި އޭނާ ވަނީ ޖަޖެއްގެ ގޮތުގައި ފެނިފައެވެ.

50%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް