ads
ރޭ ލަންކާގައި އިއުލާންކުރި "ޕޮލިސް ކާފިއު" އުވާލައިފި، އެހެން ކިޔާ ކާފިއުއެއް ނުވެސް އޮވޭ!
މުޒާހަރާތައް އަނެއްކާވެސް ފަށަން ރާވަމުންދާތީ ކަމަށް ބުނެ، ރޭ ސްރީލަންކާ ސަރުކާރުން އިއުލާންކުރި "ފޮލިސް ކާފިއު" އަށް ފާޑުކިޔުންތައް ގިނަވެ، އުވާލައިފި އެވެ. ކާފިއުއަށް ފާޑުކީ ލަންކާގެ ގާނޫނީ ވަކީލުން ބުނާގޮތުން "ޕޮލިސް ކާފިއު" އަކީ ގާނޫނުގައި އޮންނަ އެއްޗެއްވެސް ނޫނެވެ.

ހުކުރު ދުވަހު(އިއްޔެ) އިއުލާންކުރި "ޕޮލިސް ކާފިއު" ނުވަތަ "ފުލުހުން ފުރަބަންދު"، މިއަދު އުވާލާފައިވަނީ، އެއީ ގާނޫނާއި ހިލާފު އެއްގުމެއް ނުވަތަ ކާފިއުއެއް ކަމަށްބުނެ، ސިޔާސީ އިދިކޮޅު ފަރާތްތަކާއި، ވަކީލުންނާއި، ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން އަޑުއުފުލައި އެކަމާއި ވަރަށް ބޮޑަށް ދެކޮޅުހަދާ ފާޑުކިޔުންތައް ބޮޑުވުމުން ނެވެ.

"ފުލުހުންގެ ގަވާއިދުގެ ދަށުން "ފުލުހުން ކާފިއު" ކިޔާ އެއްވެސް ކަމެއް ނެތް. އެފަދަ ކާފިއު އެއް އިއުލާން ކުރުމަކީ ގާނޫނާ ހިލާފު އަދި އަސާސީ ހައްގުތަކާ ފާޅުގައި ހިލާފު ކަމެއް" ލަންކާގެ ބާ އެސޯސިއޝަނުން ބުނެފަ ވެއެވެ.

ފުލުހުން މި ކާފިއު އިއުލާންކުރީ، ރައްޔިތުންގެ އެކި ޖަމާއަތްތަކުން މިއަދު ބޭއްވުމަށް ރާވާފައިވާ ސަރުކާރާ ދެކޮޅު ގިނަ އަދަދެއްގެ މުޒާހަރާތައް ހުއްޓުވުމަށްޓަކަ އެވެ. އެގޮތުން ރޭ ކާފިއު އިއުލާންކުރީ އެ މުޒާހަރާތައް ބާއްވަން ނިންމާފައޮތް ވެރިރަށް ކޮލަމްބޯ ގަ އެވެ.

މީގެ ދުވަސްތަކެއް ކުރިން މި އާންމު މުޒާހަރާތައް ހުއްޓުވުމަށް އަމުރެއް ނެރެދިނުމަށް ޕަބްލިކް ޕްރޮސެކިއުޓާގެ ފަރާތުން މެޖިސްޓްރޭޓް ކޯޓަކަށް ހުށެހެޅި މައްސަލަ އެއް ވަނީ ބާތިލުކޮށްފަ އެވެ. އެ ކޯޓުން ބުނެފައިވަނީ، ސުލުހަ މަސަލަސްކަން ގެއްލިގެންދާ ފަދަ ކަމެއްގެ ޝަކުވާއެއް ހުށަހެޅިފައި ނުވާއިރު، ފުލުހުންނަށް އެފަދަ ކާފިއު އެއް ނުނެރެވޭނެ ކަމަށާއި، އެއީ ގާނޫނާއި ހިލާފު ކަމެއް ކަަމަށެވެ. 

އިގްތިސޯދީ ގޮތުން ބޮޑު ކާރީސާއެއްގެ ތެރޭގައި އޮތް ލަންކާގެ ސަރުކާރާއި ދެކޮޅަށް ގިނަ ބަޔަކު މީގެ ކުރިންވެސް ވަނީ ސިލްސިލާ މުޒާހަރާތަކެއް ކޮށްފަ އެެވެ. ލަންކާގެ ހާލަތު ދުވަހަކުން ދުވަހަކަށް ދަށަށް ގޮސް މިހާރު ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ހިދުމަތްތަކުންވެސް ރައްޔިތުންދަނީ މަހުރޫމު ވަމުން ނެވެ.

ލަންކާގައި ހަމަނުޖެހުން ބޮޑުުވުމުގެ ސަބަބުން ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ ވަނީ އިސްތިއުފާ ދެއްވާފަ އެވެ. އަދި އެފަހަރު ވެސް ކާފިއު އިއުލާންކުރިއިރު، ހަމަނުޖެހުންތަކުގެ ތެރޭގައި ގާނޫނު ހަދާ މަޖިލީހުގެ މެންބަރު އަމަރަކީތީ އަތުކޮރަލާ ވަނީ އަމިއްލައަށް މަރުވެފަ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް