ads
ސާރާ އާއި ކާތިކް ފެނިގެންދާ ލަވް އާޖް ކަލްގެ ޕޯސްޓަރެއް--
ލަވް އާޖް ކަލްއަށް ތަރުހީބު ބޮޑު!
ކާތިކް އާރިޔާން އާއި ސާރާ އަލީ ހާން ލީޑު ރޯލުން ފެނިގެންދާ ފިލްމު، ލަވް އާޖް ކަލް، ގިނަ ބަޔަކަށް ކަމުގޮސްފި އެވެ.

ލޯބިވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ 14 ފްބެރުއަރީގައި މި ފިލްމު ނެރެފައިވާއިރު ފިލްމަށް ފުަރަތަމަ ދުވަހުން އެކަނިވެސް 12 ކްރޯޑް ރުޕީސް ލިބިފައިވެ އެވެ. 

މި ފިލްމު ބެލުމަށް ފަހު ގިނަ ބަޔަކު އަންނަނީ ފިލްމު ވަރަށް ބޮޑަށް ކަމުގޮސްގެން އެވާހަކަ ވެސް ދައްކަމުންނެވެ. އަދި ސާރާ އާއި ކާތިކްގެ އެކްޓިކް ވެސް ވަރަށް ގިނަ ބަޔަކަށް ކަމުދިޔަ އެވެ. 

އެ ފިލްމު ގިނަ ބަޔަކަށް ކަމުގޮސްފައިވާތީ ކާތިކް އާއި ސާރާ ވެސް ތިބީ ވަރަށް އުފަލުންނެވެ. އެމީހުން ވަނީ އިންސްޓަގްރާމު މެދުވެރިކޮށް ބެލުންތެރިންނަށް ޝުކުރު އަދާކޮށްފަ އެވެ.

ފިލްމު އެޅުވުމުގެ ކުރިން ވަރަށް ގަދަޔަށް ޕްރޮމޯޝަންތައް ވެސް ޖެއްސިއިރު ފިލްމުގެ ލަވަތަކަށް ވެސް ރަނގަޅު ތަރުގީބެއް ލިބުނެވެ.

އިމްތިޔާޒު އަލީ ޑައިރެކްޓްކޮށް ނެރެފައިވާ މި ފިލްމަކީ ސާރާ އާއި ކާތިކް އެކުގައި މަސައްކަތް ކުރާ ފުރަތަމަ ފިލްމުވެސް މެއެވެ. އެ ދެތަރިންގެ އިތުރުން ފިލްމުން ރަންދީޕް ހޫދާ އާއި އަރްޝީ ޝަރްމާ ފަދަ ތަރިން ވެސް ފެނިގެންދެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް