ads
އެމްބެސަޑަރު އީގޯ ޕޮލީކާ
ޒެލެންސްކީ، ރާއްޖެއާއި އިންޑިއާ ހިމެނޭހެން 7 ގައުމެއްގެ އެމްބެސެޑަރުން ވަކިކޮށްފި
ދިވެހިރާއްޖެ އާއި އިންޑިއާއާ ހިމެނޭހެން ހަތް ގައުމަކަށް ޔުކްރެއިނުން ކަނޑައަޅާފައި ހުރި އެމްބެސަޑަރުން އެ މަގާމުން ވަކިކޮށްފި އެވެ.

ރާއްޖޭގެ އެމްބެސަޑަރުކަމުގެ މަގާމަށް އީގޯ ޕޮލީކާ ވަޑައިގެންނެވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރުގެ މެއި 31 ވަނަ ދުވަހު އެވެ.

ރާއްޖެއަށް ޔޫކްރެއިނުން ކަނޑައަޅާފަ ހުރި އެމްބެސަޑަރު އީގޯ އާއެކު ހަތް ގައުމެއްގެ އެމްބެސަޑަރުން ރޭގެ ވަގުތެއްގައި ވަކިކުރީ ޔޫކްރެއިނުގެ ރައީސް ވޮލޯޑިމީރް ޒެލެންސްކީ ނެރުއްވި ރިޔާސީ ގަރާރެއްގެ ދަށުން ނެވެ. 

އެމްބެސަޑަރުން ވަކިކޮށްފަވާ ގައުމުތައް

  1. ރާއްޖެ
  2. އިންޑިއާ
  3. ސްރީލަންކާ
  4. ބަންގްލަދޭޝް،
  5. ނޯވޭ، 
  6. ނޭޕާލް 
  7. ޗެކް ރިޕަބްލިކް

ޒެލެންސްކީ މި ނިންމުން ނިންމާފަވާ ސަބަބެއް ހާމައެއް ނުކުރެ އެެވެ. ބޭރުގެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފަވާގޮތުގައި ވަކިކުރި ސަފީރުންގެ ތެރޭގައި ޖަރުމަނަށް ކަނޑައަޅާފަވާ ސަފީރު ވެސް ހިމެނެ އެވެ. 

50%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް