ads
ޑީއެންއާރު އިން ނެރުނު ސިމިއުލޭޝަންގައި ބޮޑު ބިންހެލުމެއް އައިސް ސީއެޓްއެލް ފޯލްޓަށް ކުރާނެ އަސަރު ދައްކުވައިދެ އެވެ.
42 ފޫޓު އުހުގެ ސުނާމީއެއްގެ އިންޒާރު!
ޕެސިފިކް ނޯތުވެސްޓްގެ ޕުޖެޓް ސައުންޑްގައި އޮންނަ ސިޓީއެއް ކަމަށްވާ ސީއެޓްލް އަށް 7.5 މެގްނިޓިއުޑުގެ ބާރުމިނުގައި ބިން ހެލުމެއް އަތުވެއްޖެނަމަ 42 ފޫޓު އުހުގެ ސުނާމީއެއް އަތުވެދާނެ ކަމުގެ އިންޒާރު ދީފި އެވެ.

ވޮޝިންޓަން ސްޓޭޓް ޑިޕާޓްމަންޓް އޮފް ނެޗުރަލް ރިސޯސަސް (ޑީއެންއާރު) ގެ ޖިއޮލޮޖިސްޓުން ކުރި އާ ދިރާސާއަކަށްފަހު، ޑީއެންއާރު އިން އާންމުކުރި ސިމިއުލޭޝަނެއްގައި، 7.5 މެގްނިޓިއުޑްގެ ބިންހެލުމެއްގެ ސަބަބުން ސީއެޓްއެލް ފޯލްޓަށް ކުރާނެ އަސަރު ވަނީ ދައްކާލާފަ އެވެ.

"ސުނާމީ ރާޅުތައް ސީއެޓްއެލް ގްރޭޓް ވީލްގައި 42 ފޫޓާ ހަމައަށް އަރާފާނެ އަދި ލޫމެން ފީލްޑާއި ޓީ-މޮބައިލް ޕާކާއި ހަމައަށް ވެސް ފޯރާނެ،" ވޮޝިންޓަން ސްޓޭޓްގެ ޑީއެންއާރުން ބުރާސްފަތި ދުވަހު ކުރި ޓްވީޓެއްގައި ބުނެފައިވެ އެވެ.

ސައިންސްވެރިންނަށް ހޯދިފައިވާ ގޮތުގައި ސީއެޓްއެލް ފޯލްޓަށް 7.5 މެގްނިޓިއުޑްގެ ބިންހެލުމެއް އަތުވެއްޖެ ނަމަ 40 ފޫޓަށް ވުރެ އުސް ސުނާމީ ރާޅުތައް ސީއެޓްއެލް ސަރަހައްދަށް ތިން މިނެޓަށް ވުރެ މަދު ވަގުތުކޮޅެއްގެ ތެރޭގައި ފޯރާފާނެ އެވެ.

"ބިންހެލުން ފެށޭތާ 3 ގަޑިއިރަށް ވުރެ ގިނައިރު ސުނާމީގެ އުދައެރުމާއި ބާރުގަދަ ކަރަންޓުތައް ދެމިއޮވެދާނެ،" ނޫސްބަޔާނުގައިވެ އެވެ. 
މި ދިރާސާއިން ދައްކާ ގޮތުގައި މިފަދަ ބާރުގަދަ ބިންހެލުމަކަށް ފަހު މުޅި ސީއެޓްއެލް ސަރަހައްދުގެ އައްސޭރިފަށުގައި ފެންބޮޑުވުމާއި ފަޅުތެރެއަށް ބަދަލުތަކެއް އަންނާނެ އެވެ.

your imageވޮޝިންޓަން ސްޓޭޓް ޑިޕާޓްމަންޓް އޮފް ނެޗުރަލް ރިސޯސަސް (ޑީއެންއާރު) އިން ނެރުނު ސިމިއުލޭޝަންގައި ބޮޑު ބިންހެލުމެއް އައިސް ސީއެޓްއެލް ފޯލްޓަށް ކުރާނެ އަސަރު ދައްކުވައިދެ އެވެ.

މި ދިރާސާ ތައްޔާރުކޮށްފައިވަނީ ޑީއެންއާރުގެ ވޮޝިންޓަން ޖިއޮލޮޖިކަލް ސާވޭ ޑިވިޝަންގެ ތެރޭގައި ހިމެނޭ ޖިއޮލޮޖިސްޓުން ކަމަށް ނޫސްބަޔާނުގައިވެ އެވެ. މި ދިރާސާއަކީ "ވޮޝިންޓަންގެ އެންމެ ބޮޑު އާބާދީ މަރުކަޒާއި އިގްތިސާދީ މަރުކަޒުގެ މެދުގައި ސުނާމީއެއް އަތުވެދާނެތީ، އެފަދަ ކަމަކަށް ތައްޔާރުވުމަށާއި، ޕްލޭންތައް ރޭވުމަށް ލޯކަލް އަދި ސްޓޭޓް އިމަޖެންސީ މެނޭޖަރުންނާއި ޕްލޭނަރުންނަށް، ތައްޔާރީ ޕްލޭންތައް އެކުލަވާލައި ރީފައިން ކުރުމަށް އެހީތެރިވުމަށް ކުރިއަށް ގެންދިޔަ ދިރާސާއެއް" ކަމަށް ބަޔާނުގައިވެ އެވެ.

ވޮޝިންޓަން ސްޓޭޓްގެ ހުޅަނގު ފަޅިއަކީ ބިންހެލުން އަންނަ ގައުމެއްގެ ގޮތުގައި ބެލެވޭއިރު، ވަރަށް ބޮޑެތި ބިންހެލުންތަކެއް އައުމުގެ ފުރުސަތު އޮވެ އެވެ. އެފަދަ ތިން ސަރަހައްދުތަކުގެ ތެރޭގައި ސީއެޓަލް ހިމެނެ އެވެ.

މި ބިންހެލުންތަކަކީ ހަތަކުން ފެށިގެން ނުވައަކަށް މަތީގެ ބާރުމިނުގައި އުފެދޭ ބިންހެލުންތަކެކެވެ. ސީއެޓްއެލް ފޯލްޓަށް އެންމެ ފަހުން ބިންހެލުމެއް އައިސްފައިވަނީ ގާތްގަނޑަކަށް 1،100 އަހަރު ކުރިން ނެވެ. ކޮންމެ އަހަރަކުވެސް ހުޅަނގު ވޮޝިންޓަނަށް އެތައް ސަތޭކަ ބިންހެލުމެއް ކުރިމަތިވެ އެވެ. އޭގެ ތެރެއިން ގިނައީ ކުދިކުދި، މެގްނިޓިއުޑް 1 ނުވަތަ 2 ގެ ބިންހެލުމެވެ.

your imageވޮޝިންޓަން ސްޓޭޓްގެ އެންމެ ބޮޑު ސިޓީ އަކީ ސީއެޓްއެލް--

ޕެސިފިކް ނޯތުވެސްޓްގެ ޕުޖެޓް ސައުންޑްގައި އޮންނަ ސިޓީއެއް ކަމަށްވާ ސީއެޓްލްގެ ވަށައިގެން ފެނާއި ފަރުބަދަތަކާއި ފެހި ފަރުތައް ހުރެއެވެ. އަދި، އެތައް ހާސް އަކަމީޓަރެއްގެ ޕާކްލޭންޑެއް އެބަހުއްޓެވެ. ވޮޝިންޓަން ސްޓޭޓްގެ އެންމެ ބޮޑު ސިޓީ ސީއެޓްއެލް އަކީ، ބޮޑު ޓެކް އިންޑަސްޓްރީއެއް އޮންނަ ސިޓީއެކެވެ. 

އެގޮތުން މައިކްރޮސޮފްޓް އާއި އެމެޒޯންގެ މައި އޮފީސް ހުންނަނީ އެ ސިޓީގެ މެޓްރޯޕޮލިޓަން އޭރިއާގަ އެވެ. 1962 ވަނަ އަހަރު ވޯލްޑްސް ފެއާގެ ލެގަސީއެއް ކަމަށްވާ ފިއުޗަރިސްޓް ސްޕޭސް ނީޑްލް އަކީ އޭގެ އެންމެ އައިކޮނިކް ލޭންޑްމާކެވެ.

20%
ކަމުގޮސްފި
44%
އަޑުއެހިތާ މިހުރީ
27%
ސަތޭކައަކުން ސުމެއް
10%
ވަރަށް ސަލާމް
ކޮމެންޓްސް