ads
ޕީޓްރަލް ހޮޓާ ސަރަހައްދު:
މާލޭގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު މަރު ވެއްޖެ
މާލޭގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި އުމުރުން 26 އަހަރުގެ ޒުވާނަކު މަރުވެއްޖެ އެވެ

ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓުގައި ޒުވާނާ މަރުވެފައިވަނީ އެކްސިޑެންޓުގައި ލިބުނު ސިރިޔަސް އަނިޔާތަކަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުންދަނިކޮށް ރޭގެ ވަގުތެއްގައެވެ.

އެކްސިޑެންޓުގައި ހިނގާފައިވަނީ ޕީޓްރަލް ކައިރި ބުރުޒު މަގުގަ އެވެ. އެކްސިޑެންޓްވީ ކޮންޓްރޯލްނުކުރެވިގެން ކަމަށް ވެ އެވެ. އެ އެކްސިޑެންޓް ހިނގި އިރު ދެ ސައިކަލުގެ ފަހަތުގައި މީޙުން ތިބި ކަމަށް ވެ އެވެ. އެ މީޙުންނަށް ވެސް ކޮންމެވެސް ވަރެއްގެ އަނިޔާތަކެއް ލިބިފައިވާ ކަމަށް ވެ އެވެ.

އެކްސިޑެންޓު ހިނގަން މެދުވެރި ސަބަބެއް އަދި ސާފެއްނުވެ އެވެ. އެ މައްސަލަ އަންނަނީ ފުލުހުން ތަހުގީގު ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް