ads
ފޮޓޯ: ވަން އޮންލައިން
ކައުންސިލް އިންތިހާބަށް މިހާތަނަށް 141 ފަރާތުން ކުރިމަތިލައިފި
އޭޕްރިލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބަށް މިހާތަނަށް 141 ފަރާތުން ކުރިމަތިލައިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެފި އެވެ.

އީސީގެ ނައިބު ރައީސް އަހްމަދު އަކްރަމް ސީއެންއެމް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ރަށު ކައުންސިލްތަކުގެ މެމްބަރު ކަމަށް މިހާތަނަށް 60 ކެނޑިޑޭޓުން ބައިވެރިވެފައިވާކަމަށެވެ. އަދި އޭގެތެރޭގައި ރަށު ކައުންސިލްތަކުގެ އަންހެންނަށް ހާއްސަކުރެވިފައިވާ ގޮނޑިތަކަށް ޖުމުލަ 43 ފަރާތުން ކުރިމަތިލާފައިވާ ކަމަށްވެސް އަކްރަމް ވިދާޅުވި އެވެ. މީގެ އިތުރުން ރަށު ކައުންސިލްގެ ރައީސް ކަމަށް މިހާތަނަށް ޖުމުލަ 34 ފަރާތަކުން ކުރިމަތިލާފައިވާ ކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ.

އަދި ސިޓީ ކައުންސިލްތަކުގެ މެމްބަރު ކަމަށްމިހާތަނަށް ތިން ފަރާތަކުން ކުރިމަތިލާފައިވާ ކަމަށާއި، އަދި ސިޓީ ކައުންސިލްތަކުގެ މޭޔަރު ކަމަށް އެއްފަރާތަކުން މިހާތަނަށް ކުރިމަތިލައިފައި ވާކަމަށް އަކްރަމް ވިދާޅުވި އެވެ.

އަކްރަމް ވަނީ، ކައުންސިލް އިންތިހާބުގައި ވާދަކުރުމަށް ބޭނުންފުޅުވާ ފަރާތްތަކުން އެންމެ ފަހުވަގުތާއި ޖެހެންދެން މަޑު ނުކުރުމަށް އެދިވަޑައިގެންފަ އެވެ. 

ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް މިހާތަނަށް ޖުމުލަ 141 ފަރާތަކުން ކުރިމަތިލާފައި ވާއިރު، އޭގެ ތެރޭގައި ހިމެނެނީ 47 އަންހެނުންނާއި 94 ފިރިހެނުންކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ. އަދި މިހާތަނަށް ކުރިމަތިލާފައިވާ ހުރިހާ ފަރާތްތަކަކީ ވެސް އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރުމަށް ނިންމާފައިވާ ފަރާތްތައް ކަމަށް އަކްރަމް ވިދާޅުވި އެވެ. 

ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރިލް މަހުގެ ހަތަރު ވަނަ ދުވަހުއެވެ. އަދި ކައުންސިލް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ފެބްރުއަރީ 20 ވަނަ ދުވަހާއި ހަމައަށް ވަނީ ހުޅުވާލާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް