ads
ރޭގެ އެކްސިޑެންޓުގައި މަރުވި ޒުވާނާ--
މަރުވީ ގަސްތުގައި އެކްސިޑެންޓް ކޮށްލި މީހާ
ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓުގައި މަރުވެފައި ވަނީ ގަސްތުގައި އަނެއް ސައިކަލުގައި ޖެއްސި މީހާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ބުނީ ބުރުޒު މަގުން އިރުން ހުޅަނގަށް ދުއްވާފައި ދިޔަ ސައިކަލެއްގައި އެމަގުން އިރުން ހުޅަނގަށް އައި ސައިކަލަކުން ޖައްސާ އެކްސިޑެންޓް ކޮށްލި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ ރޭ 22:28 ގައި ކަމަށެވެ.

އެގޮތުން އެކްސިޑެންޓު ހިނގި ވަގުތު އެތަނުން އެއް ސައިކަލުގައި އިނީ 31 އަހަރުގެ ފިރިހެނަކާއި 22 އަހަރުގެ އަންހެނެއް ކަމަށް ފުލުހުން ބުނެ އެވެ. އަދި ގަސްތުގައި އެކްސިޑެންޓް ކޮށްލި ކަމަށް ބުނާ ސައިކަލުގައި އިނީ 26 އަހަރުގެ ފިރިހެއް ކަމަށް ވެސް ފުލުހުން ބުނެ އެވެ. 

އެކްސިޑެންޓުގައި ޒުވާނާ މަރުވެފައިވަނީ އެކްސިޑެންޓުގައި ލިބުނު ސިރިޔަސް އަނިޔާތަކަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުންދަނިކޮށް ރޭގެ ވަގުތެއްގައެވެ. 

އަނެއް ސައިކަލުގައި ތިބި ދެމީހުންނަށް ވެސް އެކި ވަރުގެ އަނިޔާތައް ލިބުނެވެ. އެގޮތުން އަންހެން މީހާއަށް ފަރުވާ ދިނުމަށް އެވަގުތު އައިޖީއެމްއެޗަށް ގެންދެވުނުއިރު ފިރިހެން މީހާއަށް ފަރުވާ ދިނުމަށް ގެންދިޔައީ އޭޑީކޭއަށް ކަމަށް ވެސް ފުލުހުން ބުނެ އެވެ. 

އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު ފުލުހުން ބުނީ ސައިކަލު ދުއްވަން ތިބި ދެމީހުންގެ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނޯންނަ ކަމަށެވެ. 

28%
ކަމުގޮސްފި
9%
އަޑުއެހިތާ މިހުރީ
9%
ސަތޭކައަކުން ސުމެއް
53%
ވަރަށް ސަލާމް
ކޮމެންޓްސް