ads
ރައީސް ސޯލިހު ޝަރީފްއާއެކު
ރައީސް ސޯލިހު ވެރިކަން ކުރަނީ ރައްޔިތުންގެ އިހުސާސް ދަނެގެން: ޝަރީފް
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަން ކުރަމުން ގެންދަވަނީ، ދިވެހިންގެ އިހުސާސްތައް ދެނެވަޑައިގެން ހުންނަވާ ކަމަށް، ސްޓެެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.

ޝަރީފް މިފަދައިން ވިދާޅުވީ، ލަންކާ އޮތް ހާލަތަށް ދިވެހި ރާއްޖެ ވެއްޓި ދާނެ ކަމަށާއި، ސަލާމަތީ ބާރުތަކުން ރައްޔިތުންގެ ބާރަށް ވިސްނާ އެކަން އެނގެން ޖެހޭ ކަމަށް ރާއްޖޭގެ ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވުމާއި ގުޅިގެންނެވެ. މީގެ އިތުރުން ރައީސް ޔާމީން ވަނީ މިހާރު ވެރިކަމުގައި ތިއްބެވީ ބޯ ހަރު ބައެއް ކަމަށްވެސް ވިދާޅުވެފަ އެވެ. 

ރައީސް ޔާމީން ކުރެއްވި ޓުވީޓަށް ރައްދު ދެއްވަމުން ޝަރީފް ވިދާޅުވީ، މިހާރު ދިވެހި ރާއްޖޭގެ ވެރިކަން ކުރަމުން ގެންދަވާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަކީ ރައްޔިތުންގެ އިހުސާސްތައް ދެނެވަޑައިގެން ހުންނަވާ ވެރިކަން ކުރައްވަމުން ގެންދަވާ ހުކުމަތްތެރި ބޭފުޅެއް ކަމަށް ވިދާޅުވެފަ އެވެ. 

"ބައެއް ބޭފުޅުންނަށް ހީވާ ކަހަލަ މުލިއާގެއަށް ވަދެ ރައީސުލް ޖުމްހޫރިއްޔާ އަވަހާރަފުޅު ލައްޕަވާ އެނދަށް އަރާ ސެލްފީ ނެގުމަކީ އެއީ ރައްޔިތުންގެ ބާރަކީ. ރައީސް ސޯލިހު އަކީ ރައްޔިތުންގެ އިހުސާސްތައް ރަނގަޅަށް ދެނެވަޑައިގެން ވެރިކަން ކުރައްވާ ހިކުމަތްތެރި ރައީސް އެއް" ޝަރީފް ވިދާޅުވި އެވެ.

ރައީސް ޔާމީން އިއްޔެ ކުރެއްވި ޓުވީޓްގައި ވަނީ ލަންކާ މިހާރު އޮތް ހާލަތައް ދިވެހި ރާއްޖެ ގޮސްދާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި މިހާރު ރާއްޖޭގެ ވެރިކަން ކުރައްވާ ބޭފުޅުންގެ ސިޔާސަތުތަކަށް ބަދަލު ނުގެންނަ ނަމަ އިގްތިސާދު ފުނޑުފުނޑު ވެދާނެ ކަމަށްވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް