ads
ޝާހިދު އަދި ގޮޓަބަޔާ
ގޮޓަބަޔާ ރާއްޖެ އައި މައްސަލާގައި އަދި އެއްޗެއް ބުނަން ބޭނުމެއްނޫން: ފޮރިން މިނިސްޓްރީ
އިސްތިއުފާ ދެއްވާނެކަމަށް ވިދާޅުވުމަށްފަހު، އިއްޔެ ގައުމުދޫކޮށް ފުރަން މަސައްކަތްކުރަނިކޮށް އެގައުމުގެ އެއާޕޯޓުން ހުއްޓުވި ރައީސް ގޮޓަބަޔާ، އަސްކަރީ ޖެޓެއްގައި ރާއްޖެ އެތެރެވެފަވާ މައްސަލާގައި ވަކި އެއްޗެއް ބުނަން ފޮރިން މިނިސްޓްރީން ދެކޮޅު ހަދައިފި އެވެ.

ލަންކާގައި މިދިޔަ ހޮނިހިރު ދުވަހު ހިނގި ހަމަނުޖެހުންތަކުގައި ރައީސް ގޮޓަަބަޔާގެ ރިޔާސީ ގަނޑުވަރު ރައްޔިތުންގެ ކޮންޓްރޯލުގެ ދަށަށް ގެނައުމުން ގޮޓަބަޔާ ވަނީ ޖުލައި 13 ވަނަ ދުވަހު އިސްތިއުފާ ދޭނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އިސްތިއުފާ ދެއްވަން އެއް ދުވަހަށް ވެފަވަނިކޮށް އަނބިކަބަލުން ލޯމާ ރާޖަޕަކްސާއާއެކު ގައުމުދޫކޮށް ގޮޓަބަޔާ ފިއްލަވަން އުޅެނިކޮށް އެގައުމުގެ އެއަޕޯޓުން ވަނީ ހުއްޓުވާފަ އެވެ. 

އަދި އެ ދެބޭފުޅުންނަށް އެއާޕޯޓްގެ ވީއައިޕީއިން ހިދުމަށް ދިނުމަށްވެސް އެއާޕޯޓުގެ މުވައްޒަފުން ދެކޮޅު ހެދި ކަމަށްވެ އެވެ. އެހެންކަމުން އެދެބޭފުޅުން ރޭ ހޭދަ ކުރެއްވީ، އެގައުމުގެ އަސްކަރީ މަރުކަޒެއްގައި ކަމަށްވެސް އެގައުމުގެ ނޫސްތަކުގައި ވަނީ ބުނެފަ އެވެ. އަދި އޭގެ ފަހުން މިއަދު އެބޭފުޅުން ރާއްޖެ ވަޑައިގެންފަވަނީ އެއަޕޯޓުން ފުރޭގޮތް ނުވެގެން އަސްކަރީ ޖެޓެއްގަ ކަމަށް ނޫސްތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.

މިކަމާއި ގުޅިގެން ފޮރިން މިނިސްޓްރީގެ ބަހެއް ހޯދުމަށް ނޫސްވެރިން ސުވާލުކުރުމުން އެ މިނިސްޓްރީން ވަނީ ވަކި އެއްޗެއް ބުނުމަށް ދެކޮޅު ހައްދަވާފަ އެވެ. 

"މިކަމާއި ބެހޭގޮތުން މިވަގުތަށް ފޮރިން މިނިސްޓްރީ ކޮމެންޓެއް ނުކުރާނެ" ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވި އެވެ.

ގޮޓަބަޔާއަށް ރާއްޖެއިން ހިމާޔަތްދިން އިރު، އެމްޑީޕީ ފުރަތަމަ އުފެދުނުއިރު ކޮޅުބަށް އަރުވާލެވިގެން ތިބި ދުވަސްވަރު، ލަންކާއިން އެޕާޓީގެ ރައީސް މުހައްމަދު ނަޝީދާ، އެމްޑީޕީގެ ގިނަ މެމްބަރުންނަށް ހިމާޔަތް ދިނެވެ.

"ސީއެންއެންއެން" އިން ލަންކާގެ އިސް ސެކިއުރިޓީ އޮފިޝަލަކާ ހަވާލާދީ ރިޕޯޓުކޮށްފަވާ ގޮތުން ރާއްޖޭގައި އެ ބޯޓު ޖެއްސުމުގެ ހުއްދަ ނުދީވަނިކޮށް، އެ ހުއްދަ ދިނުމަށް އަންގާފަވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެވެ. 

މިކަމާއި ބެހޭގޮތުން މިހާތަނަށް ނަޝީދުގެ ރަސްމީ ބަހެއް ނުލިބެއެވެ. އެކަމަކު ސީއެންއެން އިން ބުނީ އެކަމާއި ގުޅޭގޮތުން ނަޝީދަށް ގުޅާފަވާނެ ކަމަށެވެ.

އިސްތިއުފާ ދެއްވަން އޮތް ދުވަހު ފިއްލަވާ ވަޑައިގަތީކަމަށް ބުނެ ގިނަ ބަޔަކު ނުރުހުން ފާޅުކުރަން ފެށުމުން ލަންކާގެ އެއާޕޯސުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، އެ ދަތުރުފުޅަކީ އެގައުމުގެ ޑިފެންސް މިނިސްޓްރީގެ ހުއްދައާ އެކު ހުރިހާ އިދާރާއެއްގެ ހުއްދަ ލިބިގެން، އުސޫލުތަކާ އެއްގޮތަށް އިންތިޒާމުވެގެން ދިޔަ ދަތުރެއް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް