ads
އިސްތިއުފާ އަށް ގޮވަގޮވާ ތިއްބާ ރަނިލްއާއި ގައުމު ހަވާލުކުރުމުން މުޒާހަރާ ހޫނުވެއްޖެ!
އިސްތިއުފާ އަށް ގޮވަގޮވާ ތިއްބާ ރަނިލް ވިކްރަމަސިންހަ އާއި ގައުމު ހަވާލުކުރުމުން މުޒާހަރާ ހޫނުވެއްޖެ އެވެ. އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވެފައޮތް ބޮޑުވަޒީރު ރަނިލް އާއި ލަންކާގެ ވަގުތީ ރައީސްކަން ގޮޓަބަޔާ ރަނިލް އާއި ހަވާލުކުރައްވާފަވާކަން ރަސްމީކޮށް ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މިހާރު ވަނީ އިއުލާންކުރައްވާފަ އެވެ.

މިއަދު ގައުމު ހިންގުމާއި ހަވާލުވެވަޑައިގަތުމަށްފަހު ރަނިލް ވިދާޅުވީ އާ ސަރުކާރެއް ޤާއިމްވުމުން އެމަނިކުފާނު ވަކިވެވަޑައިގަންނަވާނެ ކަމަށެވެ. ގޮޓަބަޔާ އިސްތިއުފާ ނުދެއްވާ ގައުމު ދޫކޮށް ވަޑައިގަތުމުން މުޒާހާރާ ކުރަމުންދަނިކޮށް ރަނިލް އާއި ގައުމު ހަވާލުކުރުމުން މުޒާހަރާގެ ބައިވެރިން ވަނީ ރުޅިގަދެވަފަ އެވެ. 

ބެރިކޭޑުތަކާއި، ފުލުހުންގެ ސަފުތައްވެސް އެމީހުން ވަނީ ރޫޅާލާފަ އެވެ. އަދި މި މުޒާހަރާ ރޫޅާލުމަށް މިހާރު ފުލުހުން ދަނީ ބާރުގެ ބޭނުންވެސް ކުރަމުން ނެވެ. ނަމަވެސް މުޒާހަރާގެ ބައިވެރިވަނީ ވަގުތީ ރައީސް ކަމަށްވިޔަސް ރަނިލް ގަބޫލުނުުކުރާ ކަމަށާއި، އިސްތިއުފާ ދޭންޖެހޭ ކަމަށެވެ. 

"އަހަރެމެން ރަނިލް ގަބޫލެއް ނުކުރަން، އަހަރުތަކެއް މިވަނީ ރަނިލް އާއި ގޮޓަބަޔާގެ އާއިލާ ގައުމު މިނިވަންކުރުމަށް ގޮވާލަމުންދާތާ. މިއަދު ރަނިލް ރައީސް އަކަށް ހެދުމަކީ އަހަރެމެން އެއްވެސް ގޮތަކަށް ބަލައިގަންނާނެ ކަމެއް ނޫން. އިސްތިއުފާ ދެއްވަންޖެހޭ،" ރުޅިގަދަވެފަވާ މުޒާހަރާގެ ބައިވެރިއަކު ބުންޏެވެ.

ރަނިލް ވަގުތީ ގޮތުން ގައުމު ހިންގުމާއި ހަވާލުވެވަޑައިގެންނެވިއިރު، ޖުލައި ނުވަ ވަނަ ދުވަހު ލަންކާގައި ހިނގި ހަމަނުޖެހުންތަކުގައި ރައީސް ގޮޓަބަޔާ އަދި ރަނިލްގެ އިސްތިއުފާއަށް ވެސް ވަނީ ގޮވާލާފަ އެވެ. އެ ހަމަނުޖެހުންތަކާއި ގުޅިގެން އެ ދެބޭފުޅުން މީގެ ކުރިން އޮތީ މަގާމުން ވަކިވެވަޑައިގަތުމަށް އެއްބަސްވެފަ އެވެ. 

މީގެ ކުރިން އޮތީ އެދެބޭފުޅުން މަގާމުން ވަކިވެވަޑައިގަތުމުން ، އާ ރައީސް އަކު އައްޔަން ކުރެވެންދެން ގައުމުގެ ހިންގުން އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް އާއި ހަވާލުކުރާ ގޮތަށެވެ.

ނަމަވެސް އިސްތިއުފާ ދެއްވަން އޮތް ދުވަހު ގޮޓަބަޔާވަނީ ފިއްލަވައިގެން ރާއްޖެ ވަޑައިގެންފަ އެވެ. މިކަމާއި ގުޅިގެން ބޮޑުވަޒީރު ރަނިލްގެ އޮފީސް ދަށަށް އެއްވެ ލަންކާގެ ރައްޔިތުން ދަނީ މުޒާހަރާ ކުރަމުން ނެވެ. މުޒާހަރާގެ ބައިވެރިން ގޮވާލަމުންދަނީ ގޮޓަބަޔާ އާއި ރަނިލްވެސް ވަގުތުން ވަގުތަށް އިސްތިއުފާ ދެއްވުމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް