ads
ލަންކާ ރައްޔިތުން މާލޭގައި ކުރަމުންދާ މުޒާހަރާގެ ތެރެއިން---ފޮޓޯ: އަދަދު
ގޮޓަބަޔާއަށް ހިމާޔަތް ދިނުމުން ލަންކާ މީހުން މާލޭގައި މުޒާހަރާ ކުރަނީ
ގޮޓަބަޔާއަށް ހިމާޔަތް ދިނުމުން ލަންކާ މީހުން މާލޭގައި މުޒާހަރާ ކުރަން ފަށައިފި އެވެ.

މުޒާހަރާ ކުރަމުންދަނީ ރަސްފަންނު ކާނިވާ ސަރަހައްދުގަ އެވެ. އެ ސަރަހައްދަށް 50 އަށްވުރެ ގިނަ ލަންކާ ރައްޔިތުން އެއްވެ ގޮޓަބަޔާ ގައުމަށް ފޮނުވާލުމަށް ދަނީ ޝުއޫރު ފާޅުކުރަމުން ނެވެ.

ލަންކާ ބަހުރުވައިން ލިޔެފައިވާ ޝުއޫރު ބޯޓުތަކާއިއެކު އެމީހުން ރާއްޖޭގެ ސަރުކާރަށް ގޮވާލަމުންދަނީ ގޮޓަބަޔާއަށް ހިމާޔަތް ނުދެއްވުމަށެވެ. 

މައުލޫމާތު ލިބެނީ ފުލުހުން މި މުޒާހަރާ ރޫޅާލުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ބޭރުގެ ނޫސްތަކުން ބުނާގޮތުން ގޮޓަބަޔާ މިވަގުތު ހުންނެވީ އިތާފުށި ރިސޯޓުގަ އެވެ. އަދި ގޮޓަބަޔާ ރާއްޖެއިން ދެން ފުރާވަޑައިގަންނަވާނީ ސިންގަޕޫރަށް ކަމަށް ވެއެވެ.

your imageލަންކާ ރައްޔިތުން މާލޭގައި ކުރާ މުޒާހަރާ

ގޮޓަބަޔާ އިސްތިއުފާ ނުދެއްވާ ގައުމު ދޫކޮށް ރާއްޖެ ވަޑައިގަތުމުން ލަންކާ ރައްޔިތުން މުޒާހާރާ ކުރަމުންދަނިކޮށް ރަނިލް އާއި ވަގުތީ ގޮތުން ރައީސްކަން ހަވާލުކުރުމުން މުޒާހަރާގެ ބައިވެރިން ރުޅިގަދަވެ، ވަނީ ރަނިލްގެ ރަސްމީ އޮފީސްތެރެއަށްވެސް މިހާރު ވަދެގަނެފަ އެވެ. 

ޖުލައި ނުވަ ވަނަ ދުވަހު ލަންކާގައި ހިނގި ހަމަނުޖެހުންތަކުގައި ރައީސް ގޮޓަބަޔާ އަދި ރަނިލްގެ އިސްތިއުފާއަށް ވެސް ވަނީ ގޮވާލާފަ އެވެ. އެ ހަމަނުޖެހުންތަކާއި ގުޅިގެން އެ ދެބޭފުޅުން މީގެ ކުރިން އޮތީ މަގާމުން ވަކިވެވަޑައިގަތުމަށް އެއްބަސްވެފަ އެވެ.  

"ސީއެންއެންއެން" އިން ލަންކާގެ އިސް ސެކިއުރިޓީ އޮފިޝަލަކާ ހަވާލާދީ ރިޕޯޓުކޮށްފަވާ ގޮތުން ރާއްޖޭގައި ގޮޓަބަޔާގެ އަސްކަރީ ޖެޓު ޖެއްސުމުގެ ހުއްދަ ނުދީވަނިކޮށް، އެ ހުއްދަ ދިނުމަށް އަންގާފަވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެވެ. 

މިކަމާއި ބެހޭގޮތުން މިހާތަނަށް ނަޝީދުގެ ރަސްމީ ބަހެއް ނުލިބެއެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް