ads
އިންޑޮނޭޝިއާގެ އެއާޕޯޓެއްގެ ތެރެ--
އިންޑޮނޭޝިއާއިން ހަތަރު ދިވެއްސަކު ހައްޔަރުކޮށްފި
އިންޑޮނޭޝިއާއަށް ދިޔަ ހަތަރު ދިވެއްސަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ މެލޭޝިއާ މަގުން އިންޑޮނޭޝިއާއަށް ދިޔަ ހަތަރު ދިވެހިން ހައްޔަރުކުރި ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ މިމަހުގެ 13 ވަނަ ދުވަހު ކަމަށެވެ. އެގޮތުން ހައްޔަރުކޮށްފައި ވަނީ 46 އަހަރާއި 39 އަހަރާއި 36 އަހަރު، އަދި 34 އަހަރުގެ ފިރިހެނުންތަކެއް ކަމަށް ވެސް ފުލުހުން ބުނެ އެވެ. 

މި މީހުން ހައްޔަރުކުރި ސަބަބު ހާމަކޮށްފައި ނުވި ނަމަވެސް ފުލުހުން ބުނީ މިހާރު މި ހަތަރު މީހުން ދޫކޮށްލާފައިވާ ކަމަށެވެ. އަދި އިއްޔެގެ ވަގުތެއްގައި އެމީހުން އަނބުރާ ރާއްޖެއަށް އައިސްފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ. 

މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގުކުރަމުން އަންނައިރު އެނގިފައިވާ ގޮތުގައި ހައްޔަރުކުރި ދިވެހިންގެ ތެރޭގައި ޝެއިހް މުހައްމަދު ހަސަން ވެސް ހިމެނެ އެވެ.

މުހައްމަދު ހަސަންއަކީ ރަޖިސްޓްރީ ނުކޮށް ހިންގަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނާ، މަކްތަބާ ސަލަފިއްޔާގެ އިސް ބޭފުޅެކެވެ. އެގޮތުން އޭނާގެ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ވެސް ވަނީ ހިފަހައްޓާފަ އެވެ. 

63%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް