ads
ސިހުރު ލިޔެ ވަޅުލާފައި އޮތް ހިއްތަލަ --- ފޮޓޯ: މުނައްވަރު
އާސަހަރާ ތެރެއިން ހިއްތަލަ އެއްގައި ވަޅުލާފައި އޮތް ސިހުރެއް ފެނިއްޖެ
މާލޭގައި ހުންނަ އާސަހަރާތެރެއިން، ސިހުރު ލިޔެފަވާ ހިއްތަލަ އެއް ފެނިއްޖެ އެވެ.

ސިހުރު ވަޅުލާފައިވާ މި ހިއްތަލަ ފެނިފައިވަނީ، އެ ސަހަރާ ސާފު ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. 

އާސަހަރާ ސާފު ކުރުމުގެ މަސައްކަތް ކުރަމުން ދިޔަ މީހަކު މިއަދު "ސީއެންއެމް" އަށް މައުލޫމާތު ދެމުން ބުނީ، ސަހަރާ ތެރެ ސާފު ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ހިއްތަލަ ގަހެއް ހެދިފައި އިނުމުން، އެ ގަސް އުފުރާލި އިރު ގަހުގެ ތިރީގައި އޮތް ހިއްތަލައިގައި ސިހުރު ލިޔެފައި ވާކަން ފާހަގަ ކުރެވުނު ކަމަށެވެ. 

"ހިއްތަލަ ގަހެއް ނުފަޅާނެ ދޯ އަމިއްލަ އަކަށް. ސަހަރާ ސާފު ކުރަނިކޮށް ހިއްތަލަ ގަހެއް ފަޅާފައި އިނުމުން، ގޮސް އުފުރާލީ. ގަސް އުފުރާލައިގެން ބެލި އިރު، މިއޮތީ ހިއްތަލައިގައި ސިހުރު ލިޔެ ވަޅުލާފަ." އެފަރާތުން ބުންޏެވެ.

ވަޅުލާފައި އޮތް ހިއްތަލައިގައި އަރަބި އަކުރުން ކޮންމެސް އެއްޗެހިތަކެއް ލިޔެފައި ވާއިރު، އޭގައި ލިޔެފައި ހުރީ ކީކޭކަމެއް ސާފެއް ނުވެ އެވެ.

your imageސިހުރު ލިޔެ ވަޅުލާފައި އޮތް ހިއްތަލަ --- ފޮޓޯ: މުނައްވަރު 

އިއްޔެ ހުޅުމާލޭ ސަހަރާ ތެރެއިންވެސް ސިހުރު ލިޔެފައި އޮތް ދޮންކެޔޮ ވަކެއް ވަނީ ފެނިފަ އެވެ. އެ ކެޔޮވަށް ފެނިފަވަނީ އިއްޔެ ހެނދުނު ސަހަރާ ސާފުކުރަން އުޅުނު މީހުންގެ ތެރެއިން މީހަކަށެވެ. އޭނާއަށް އެ ކެޔޮވައް ފެނުނީ ސަހަރާ ފާރެއް ކައިރިން ކަމަށް އެ މީހާ ވަނީ ބުނެފަ އެވެ. 

ސިހުރަކީ މާތް ﷲ ހަރާމް ކުރައްވާފައިވާ ބޮޑެތި ފާފަތަކުގެ ތެރޭގައިވާ ބޮޑު ފާފައެކެވެ. ސިހުރުގެ ސަބަބުން ބައެއް މީހުން ނިދިން މަހްރޫމުވެ އަނެއް ބަޔަކަށް ނުތަނަވަސްކަމާއި ހިތްހަމަނުޖެހުން ވެރިވެ އެވެ.  

ސިޙުރު ހެދުމަކީ ޝައިތާނީ އަމަލެކެވެ. ޝިރުކު ކޮށްގެންނާއި ހުތުރު ރޫހުތަކާ ގާތް ގުޅުމެއް އުފައްދައިގެން އެ ތަކެތީގެ ބަހަށް ހެއްލިގެން މެނުވީ އެކަމެއް ނުކުރެވެ އެވެ. ސޫރަތުލް ބަގަރާގެ 102 ވަނަ އާޔަތުގައި މާތް ﷲ ވަހީ ކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެ އެވެ. "އެހެނެއްކަމަކު، އެޝައިތާނުން ކާފިރު ވޫއެވެ. އެއުރެން މީސްތަކުންނަށް ސިހުރު އުނގަންނައި ދިނުމުންނެވެ."

24%
ކަމުގޮސްފި
36%
އަޑުއެހިތާ މިހުރީ
24%
ސަތޭކައަކުން ސުމެއް
16%
ވަރަށް ސަލާމް
ކޮމެންޓްސް