ads
ދިވެހި ބޮޑީ ބިލްޑަރަކު އިވެންޓެއްގައި (ބީބީއެމް ފައިލް ފޮޓޯ)
އޭޝިއަން ބޮޑީ ބިލްޑިންގ ޗެމްޕިއަންޝިޕް މިރޭ ރާއްޖޭގައި ފަށަނީ
ފަންސާސް ހަތަރުވަނަ އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ޗެމްޕިއަންޝިޕް މާލެ އަތޮޅު މާފުށީގައި މިރޭ ރަސްމީކޮށް ފެށޭނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ބޮޑީބިލްޑިންގ އެންޑް ފިޒީކް ޗެމްޕިއަންޝިޕް ރަސްމީކޮށް ހުޅުވައިދެއްވާނީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ. މި މުބާރާތުގައި ރާއްޖޭންވެސް ބައިވެރިވެއެވެ.

މިއަދުން ފެށިގެން މި މަހުގެ އެކާވީހަށް ކުރިއަށްދާ މި މުބާރާތުގެ ފިރިހެން އިވެންޓްތައް މާފުށީގައި އޮންނައިރު، އަންހެން އިވެންޓްތައް ކުރިއަށްދާނީ ކްރޮސް ރޯޑުގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ބޮޑީބިލްޑިންއަކީ ރާއްޖެއަށް މީގެ ކުރިންވެސް މުހިއްމު ވަނަތަކަށް ހޯދައިދީފައިވާ ކުޅިވަރެކެވެ. އޭޝިއަން ބޮޑީ ބިލްޑިންގ ޗެމްޕިއަންޝިޕްގައި ބައިވެރިވާ ދިވެހި އެތްލީޓުންނާ ކުޅިވަރު ވަޒީރު އަހްމަދު މަހްލޫފުވަނީ ބައްދަލު ކުރައްވާފައެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް