ads
ފޮޓޯ: ވީނިއުސް
މިނިސްޓަރުގެ އޯޑިއޯ އާއި ފަނޑިޔާރުގެ ވީޑިއޯ، އެއް ފަދަ ނުވިއްޔާ ސާބަސް!
މީގެ ކުރިންވެސް އެކި މަގާމު ތަކުގައި ތިއްބަވާ ތަފާތު އެކި ފަރާތްތަކުގެ ވީޑިއޯ އާއި އޯޑިއޯ ލީކުވެފައި އެބަހުއްޓެވެ. މިފަހަރު މިއުޅެނީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކަމަށް ތުހުމަތުކުރެވޭ މީހެއްގެ އޯޑިއޯ ތަކެއް ލީކުވެގެންނެވެ.

ރެ އިން ފެށިގެން ލީކު ކުރަމުން އަންނަ މި އޯޑިއޯތަކުގައި އިވިގެންދަނީ މިނިސްޓަރު އަލީ ވަހީދު ކަމަށް ތުހުމަތުކުރެވޭ މީހަކު ދައްކާފައި ހުރި ވާހަކަތަކެވެ. ކެބިނެޓްގައި އެކުގައި މަސައްކަތްކުރާ ވަޒީރުންނަށް ނިސްބަތްކޮށް ހަޑިހުތުރު ބަހުން ވާހަކަ ދެއްކުމާއި ކޮރަޕްޝަންގެ އަމަލުތަކެއްގެ ވާހަކަ އެވެ. 

މި އޯޑިއޯތަކާއި އެކު މިނިސްޓަރު އަލީ ވަހީދު ޓްވީޓެއްކުރެއްވި އެވެ. އަދި ވިދާޅުވީ، ދައުރުކުރަމުން ގެންދަނީ ސައްހަ އޯޑިއޯ ތަކެއް ނޫންކަމަށެވެ. އަބުރު ކަތިލުމުގެ ގޮތުން ހިންގާ ޖަރީމާއެއްކަމަށް އަލީ ވަހީދު ވިދާޅުވެފައިވެއެވެ.

އަލީ ވަހީދުގެ މި ޖަވާބާއި އެކު ގިނަބަޔަކު ބުނަމުން އަންނަނީ އެޖަވާބު ވައްތަރީ، ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދު ކަމަށް ތުހުމަތުކުރެވޭ މީހެއްގެ ބަރަހަނާ ވީޑިއޯ އެއް ލީކުވުމުން އެކަމުގައި އެފަނޑިޔާރު ދެއްވި ޖަވާބާއި ކަމަށެވެ.

މިބުނާ ފަނޑިޔާރު ކަމަށް ތުހުމަތުކުރެވޭ މީހާގެ ވީޑިއޯ އާއި އެކު އެ ފަނޑީޔާރު ބުނިކަމަށް ވަނީ، އެއީ އޭނާ ނޫންކަމަށާއި، އެޑިޓް ކުރާ ކުދިން މޮޅީ ކަމަށެވެ. 

ކޮންމެއަކަށް މި ދެޖަވާބުގައި މާބޮޑު ތަފާތެއް ހުރި ކަމަކަށް ގިނަ ބަޔަކު ނުދެކެއެވެ. އަދި ސޯޝަލްމީޑިއާގައި އަންނަނީ މިނިސްޓަރު އަލީ ވަހީދުގެ އިސްތިއުފާއަށް ގޮވަމުންނެވެ. 

މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް މިކުރެވޭ ތުހުމަތު ތަކަކީ، އަދި އެ އޯޑިއޯގައި އިވޭ އަޑަކީ މިނިސްޓަރު އަލީ ވަހީދާއި ވައްތަރު އަޑެއްގެ ވެރިފަރާތަކަށް ވާނަމަ، އެއީ އަބުރު ކަތިލުމުގެ ކަމަކަށް ނޫނީ ނުވާނެ އެވެ. އަދި އެކަން ޔަގީން ކުރެވެން އޮތީ ފުލުހުން މިކަމުގައި ތަހުގީގެއް ކޮށްގެން އެ އޯޑިއޯ އިން އިވެނީ ކޮންބައެއްގެ އަޑެއްކަން ދެނެގަނެގެންނެވެ. ނަމަވެސް ފަނޑިޔާރު އަލީ ހަމީދާ ވައްތަރު ވީޑިއޯ އަށް ވީގޮތަށް ފުލުހުންގެ ފޮރިންސިކް ތަހުގީގު ވެގެންނުވާނެ އެވެ. މި ރާއްޖެއަކީ ތަސައްރަފު ފުދިފައިވާ ދައުލަތަކަށް ހެދޭނީ ފުލުހުންގެ ގާނޫނީ ޒިންމާ އަދާކޮށް ތަފާތު ކުރުން ނައްތާލައި ގާނޫނީ ހަމަތަކުން ތަހުގީގުކޮށް ހަގީގަތް ހާމަކޮށްގެންނެވެ.

86%
ކަމުގޮސްފި
11%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
4%
ވަރަށް ސަލާމް
ކޮމެންޓްސް