ads
ފޮޓޯ: ސްޓެލްކޯ
ސްޓެލްކޯއިން ކުޑަގިރިއަށް ކަރަންޓުދީ ރަށް ދިއްލާލައިފި
ޕިކްނިކް އައިލެންޑް އެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ކ. ކުޑަގިރިއަށް ކަރަންޓުގެ ހިދުމަތް ދީ ނިންމާލާފައި ވާކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.

ސްޓެލްކޯ އިން ބުނީ، މާލެ ކައިރިން ޕިކްނިކްދާނެ ރަށެއް ނެތުމާއެކު، އެފަދަ ރަށެއް ގާއިމް ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންފައިވާ ވައުދުފުޅާއި އެއްގޮތައް ކ. ކުޑަގިރި ޖުލައި 26 ގައި ހުޅުވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުން ކަމަށެވެ. 

އަދި ސަރުކާރުން އެ ކުންފުންޏާއި، ހަވާލުކޮށްފައިވާ ކަރަންޓުގެ ހުރިހާ މަސައްކަތެއް މިހާރު ވަނީ ނިމިފައި ކަމަށާއި، އެގޮތުން ކުޑަގިރީގެ ކަރަންޓުގެ ނެޓްވޯކް ގާއިމްކޮށް ނިމި، މަގުބައްތީގެ ގޮތުގައި ހިތްގައިމު ގާރޑެން ލައިޓްތަކެއް މިހާރު ހަރުކޮށް ނިމިފައި ވާކަމަށްވެސް އެކުންފުނިން ވަނީ ބުނެފަ އެވެ. 

މީގެ އިތުރުން ސްޓެލްކޯއިން ބުނީ، ކުޑަގިރީގެ ކަރަންޓުގެ ނެޓްވޯކް ގާއިމް ކުރުމަށްޓަކައި، 3000 މީޓަރުގެ ކޭބަލް ވަޅުލައި، ޑިސްޓްރިބިއުޝަން ފޮށި ހަރުކޮށް، ހަދަން ޖެހޭ ހުރިހާ ކަނެކްޝަނެއް މިހާރު ވަނީ ހަދާނިމިފައި ކަމަށެވެ.  

"ކުޑަގިރީގައި މިހާރު މިކުންފުނިން ކުރަމުންގެންދާ މަސައްކަތަކީ ރަށަށް ޒިޔާރަތްކުރާ ފަތާތްތަކަށް ކެފޭއެއްގެ ހިދުމަތް ދިނުމަށްޓަކައި، އަޅަންޖެހޭ ކެފޭ އެޅުމުގެ މަސައްކަތް. މި މަސައްކަތް މިކުންފުންޏާއި ހަވާލު ކުރެވުނީ މިދިޔަ މަހުގެ 28 ވީ ދުވަހު. އެ މަސައްކަތް މި މަހުގެ 26 ގެ ކުރިން ނިންމުމަށްޓަކައި، މިކުންފުނީގެ ގިނަ އަދަދެއްގެ މުވައްޒަފުން ދަނީ ރެޔާއި ދުވާލު މަސައްކަތް ކުރަމުން." ސްޓެލްކޯ އިން ބުންޏެވެ.

އެ ކުންފުނިން އިތުރަށް ބުނީ، ކަނޑައަޅާފައިވާ ދުވަހަށް ކުޑަގިރި ހުޅުވުމަށްޓަކައި، ކުރަމުންގެންދާ ހުރިހާ މަސައްކަތެއް ވަރަށްގާތުން ނައިބު ރައީސް ފައިސަލް ނަސީމްއާއި، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ބައްލަވަމުން ގެންދަވާއިރު، ބުރާސްފަތި ދުވަހު ނައިބް ރައީސް ފައިސަލް އާއި، މެނޭޖިން ޑިރެކްޓަރު ޝަރީފް ވަނީ ކުޑަގިރިއަށް ވަޑައިގެން މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލައްވާފައި ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް