ads
ދިވެހި ބޮޑީބިލްޑިންގ ޓީމުގެ މެންބަރެއް
ދިވެހި ބޮޑީ ބިލްޑަރުންނަށް މާފުށިން ހޫނު މަރުހަބާއެއް
މާލެ އަތޮޅު މާފުށީގައި މިއަދު ފަށާ، ފަންސާސް ހަތަރުވަނަ އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ޗެމްޕިއަންޝިޕްގައި ވާދަކުރާ ދިވެހި ބޮޑީ ބިލްޑަރުންނަށް މާފުށިން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ފަންސާސް ހަތަރުވަނަ އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ޗެމްޕިއަންޝިޕްގައި ވާދަކުރާ ދިވެހި ބޮޑީ ބިލްޑަރުން މާފުށްޓަށް ދިޔައީ މިއަދު މެންދުރު ފަހުއެވެ. ދިވެހި ބޮޑީ ބިލްޑަރުން މާފުށްޓަށް މިއަދު ދިޔައިރު، އެ ބޮޑީ ބިލްޑަރުންނާ މާލޭގައި ކުޅިވަރު ވަޒީރު އަހްމަދު މަހްލޫފު ކުރިންވަނީ ބައްދަލު ކުރައްވާފައެވެ. މާފުށިން ދިވެހި ބޮޑީ ބިލްޑަރުނަށް މަރުހަބާ ކިޔުމުގައި އިސްކޮށް ހުންނެވީވެސް ކުޅިވަރު ވަޒީރު މަހްލޫފެވެ.

މިއަދުން ފެށިގެން މި މަހުގެ އެކާވީހަށް ކުރިއަށްދާ މި މުބާރާތުގެ ފިރިހެން އިވެންޓްތައް މާފުށީގައި އޮންނައިރު، އަންހެން އިވެންޓްތައް ކުރިއަށްދާނީ ކްރޮސް ރޯޑުގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ. މުބާރާތް މިރޭ ރަސްމީކޮށް ހުޅުވައި ދެއްވާނީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުއެވެ.

ބޮޑީބިލްޑިންއަކީ ރާއްޖެއަށް މީގެ ކުރިންވެސް މުހިއްމު ވަނަތަކަށް ހޯދައިދީފައިވާ ކުޅިވަރެކެވެ.

20%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
80%
ވަރަށް ސަލާމް
ކޮމެންޓްސް