ads
ރައީސުލްޖުމްހޫރިއްޔާ، 54 ވަނަ އޭޝިއަން ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް 2022 ހުޅުއްވައިދެއްވުން
54 ވަނަ ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް ހުޅުވައިދެއްވައިފި
ފަންސާސް ހަތަރު ވަނަ ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް (އޭ.ބީ.ބީ.އެފް) ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުޅުވައިދެއްވައިފި އެވެ.

މި ރަސްމިއްޔާތު ބާއްވާފައި ވަނީ މާލެ އަތޮޅު މާފުށީގަ އެވެ. މި ރަސްމިއްޔާތުގައި ރައީސް ސޯލިހު އާއި ކުޅިވަރާއި ބެހޭ ވަޒީރު އަހުމަދު މަހުލޫފާއި، މިނިސްޓްރީގެ އިސް ވެރިން ބައިވެރިވެފައިވެ އެވެ. 

އޭބީބީއެފް އާއި ޔޫތު މިނިސްޓްރީން ގުޅިގެން މި ފަހަރުގެ ބޮޑީ ބިލްޑިންގ މުބާރާތް ރާއްޖޭގައި ބާއްވަން ނިންމާފައިވާއިރު މުބާރާތް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން 21 ވަނަ ދުވަހަށް މާފުށީގަ އެވެ. 

your imageދިވެހި ބޮޑީބިލްޑިންގ ޓީމުގެ މެންބަރެއް

މިފަހަރުގެ މުބާރާތުގައި 24 ގައުމަކުން 400 އަށް ވުރެ ގިނަ އެތްލީޓުންނާއި، އޮފިޝަލުން ބައިވެރިވެއެވެ. 

މިރޭ ވަނީ އޭބީބީއެފް ގެ ފަރާތުން ރައީސުލް ޖުމްހޫރިއްޔާ އަށް ހަނދާނީ ފިލައެއް އަރުވާފަ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް