ads
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
މަސްވެރިކަމުގެ ގާނޫނަށް ގެނައި އިސްލާހު ރައީސް ތަސްދީގު ކުރައްވައިފި
ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނަށް ގެނައި އިސްލާހު ބިލް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ތަސްދީގު ކުރައްވައިފި އެވެ.

މި ބިލަކީ، މި އަހަރުގެ ޖޫން 30 ވީ ބުރާސްފަތި ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 22 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

މިގާނޫނަށް ގެނައި މައިގަނޑު އިސްލާޙަކީ، 2016/3 މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ގާނޫނު، 13 ޑިސެމްބަރު 2021 ގައި އުވާލެއްވުމާއި ގުޅިގެން މަސްވެރިިކަމުގެ ގާނޫނުގެ 56 ވަނަ މާއްދާގެ އިބާރާތަށް ގެނެސްފައިވާ ބަދަލެކެވެ. 

މިގޮތުން އެމާއްދާގައި، ޓްރާންސްޕޯޓް އޮތޯރިޓީގެ ނަން އޮތްތައް އުނިކޮށް، "މިގާނޫނުގެ ދަށުން ކުރާ މަސްވެރިކަން މޮނިޓަކޮށް ކޮންޓްރޯލްކުރުމަށްޓަކައި، މޮނިޓަރިން، ކޮންޓްރޯލް އަދި ސަވޭލަންސްއާބެހޭ ނިޒާމެއް ސިފައިންގެ ކޯސްޓްގާޑާއި، މޯލްޑިވްސް ޕޮލިސް ސަވިސްއާއި، މޯލްޑިވްސް ކަސްޓަމްސް ސަވިސްއާއި، ދަތުރުފަތުރުގެ ކަންކަމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއާއި، އެނޫންވެސް ކަމާގުޅޭ އިދާރާތަކާ ގުޅިގެން މިނިސްޓްރީން ހަދައި ތަންފީޒުކުރަން ވާނެ އެވެ." މިގޮތަށް ވަނީ ބަދަލުކޮށްފަ އެވެ.

މިގާނޫނު ތަސްދީގުކުރެއްވުމާއި އެކު މިއަދު ވަނީ ދިވެހިސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރެވި އަމަލުކުރަން ފެށިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް