ads
ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ލަވަކިޔުންތެރިޔާ މުހުތާރު ހޯދަނީ
ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ލަވަކިޔުންތެރިޔާ މުހުތާރު އާދަމް ފުލުހުން ހޯދަންފަށައިފި އެވެ.

ފުލުހުން ބުނެފައިވަނީ، މުހުތާރު އާދަމް ހޯދަމުންދަނީ ސިވިލް ކޯޓަށް ހުށަހެޅިފައިވާ ސާބިތު ދަރަނީގެ ފައިސާ ހޯދުމުގެ މައްސަލައަކާ ގުޅިގެން 2019 އޯގަސްޓް 19 ވަނަ ދުވަހު 10:15 އަށް ސިވިލް ކޯޓަށް ހާޒިރުވުމަށް އަންގައި ކޮށްފައިވާ އިއުލާނަށް އެކޯޓަށް ހާޒިރުވެފައިނުވާތީ، ބަންދުގައި ބަހައްޓައިގެން 2020 ފެބްރުއަރީ 23 ވަނަ ދުވަހުގެ 13:30 އަށް ސިވިލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންކަމަށެވެ.

ވީމާ، މުހުތާރު އާދަމާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭކަމަށް ފުލުހުން ބުނެފައިވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް