ads
ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން
ދެވަނަ ޑިވިޝަނުގެ މިއަދުގެ ދެވަނަ މެޗުވެސް ކެންސަލް
މޫސުން ތަން ނުދިނުމުގެ ސަބަބުން ދެވަނަ ޑިވިޝަނުގައި މިއަދު ކުޅެން ކަނޑައަޅާފައިވާ ދެވަނަ މެޗުވެސް ކެންސަލްކޮށްފިއެވެ.

ދެވަނަ ޑިވިޝަނުގައި މިރޭ ކުޅެން ނިންމާފައިވާ ދެވަނަ މެޗަކީ، ކްލަބު ޕީކޭއާ ކުޑަ ހެންވޭރު ޔުނައިޓެޑުގެ މެޗެވެ. މި މެޗު ކުޅެން ކަނޑައަޅާފައި އޮތީ މާފަންނު ޓާފު ދަނޑުގައެވެ. އެހެންނަމަވެސް މޫސުން ތަން ނުދިނުމުގެ ސަބަބުން މި މެޗު ކެންސަލްކުރީއެވެ. އަދި މެޗު އަލުން ދެން ކުޅޭނެ ތަރީޚެއް އެފްއޭއެމުން ފަހުން ކަނޑައަޅާނެއެވެ.

ދެވަނަ ޑިވިޝަނުގައި މިއަދު ހަވީރު ދިވެހި ސިފައިންގެ ކްލަބާ ޓެންޓް ސްޕޯޓްސް ކުޅެން އޮތް މެޗުވެސްވަނީ މޫސުން ގޯސްވުމުގެ ސަބަބުން ކެންސަލްކޮށްފައެވެ. މޫސުން ގޯސްވެގެން ދެވަނަ ޑިވިޝަނުގެ މެޗު ކެންސަލް ކުރިނަމަވެސް ދިވެހި ލީގުގައި އެއްވަނަ ޑިވިޝަނުން ކުޅޭ މެޗު މިއަދުވެސް ކުރިއަށް ދިޔައެވެ. އަދި މިރޭވެސް މެޗެއް ކުޅުމަށް ތާވަލުކޮށްފައި އެބައޮތެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް