ads
ކާތިކް
އާ އަހަރުގެ ތަހުނިޔާ ކާތިކް ކީ އެންމެން ހެއްވާލާފަ
ބޮލީވުޑުގެ ކުރިއަރަމުން އަންނަ ފަންނާނެއް ކަމަށްވާ ކާތިކް އާރިޔަން އާ އަހަރުގެ ތަހުނިޔާ ކީ ވަރަށް ތަފާތުކޮށެވެ.
ބޮލީވުޑުގެ ކުރިއަރަމުން އަންނަ ފަންނާނެއް ކަމަށްވާ ކާތިކް އާރިޔަން އާ އަހަރުގެ ތަހުނިޔާ ކީ ވަރަށް ތަފާތުކޮށެވެ.

އެގޮތުން އާއަހަރުގެ ތަހުނިޔާ ކާތިކް ކިޔާފައިވަނީ ވީޑިއޯއެއް މެދުވެރިކޮށެވެ. އިންސްޓަގުރާމު މެދުވެރިކޮށް ކާތިކް ހިއްސާކުރި އެ ވީޑިއޯ ފެނިފައި ގިނަ ބަޔަކު ވަނީ އެކަމަށް ޖޯކު ޖަހާފައެވެ. އަދި ވީޑިއޯ ވަރަށް މަޖާ ކަމަށް ވެސް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.


ކާތިކް އެންމެ ފަހުން ފެނިގެންދިޔައީ "ޕަތީ ޕަތުނީ އޯރް ވޯ" އިންނެވެ. އެ ފިލްމަށް ބޮޑު ތަރުހީބެއް ލިބުނުއިރު އެފިލްމުގައި ކާތިކާއެކު ފެނިގެންދިޔައީ ބޫމީ ޕަޑްނޭކަރާއި އަނަންޔާ ޕާންޑޭއެވެ.

އުމުރުން 29 އަހަރުގެ ކާތިކް ވިދާލީ މިދިޔަ އަހަރު ނެރުނު ފިލްމު، ސޯނޫ ކޭ ޓީޓޫ ކީ ސްވީޓީންނެވެ.

އެފިލްމަށް ފަހު އޭނާއަށް ވަނީ ބޮލީވުޑުން ގިނަ ފުރުސަތުތަކެއް ލިބެން ފަށަފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް