ads
މާލެ--
ދެމަފިރިން ނިދާފައި ތިއްބާ މީހަކު ވަދެ އަންހެން މީހާއަށް ޖިންސީ ގޯނާކޮށްފި
މެދު ރާއްޖެ ތެރޭގެ ރަށެއްގައި ދެމަފިރިއަކު ނިދާފައި ތިއްބާ ގޮތް ނޭނގޭ ފިރިހެނަކު ގެއަށް ވަދެ އަންހެން މީހާއަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ، މިއަދު ހެނދުނު 6:20 ހާއިރު، ކ. އއ. އދ. އަދި ވ. އަތޮޅު ހިމެނޭ ނޯތު ސެންޓްރަލް ޑިވިޝަނުގެ ރަށެއްގައި ދެމަފިރިއަކު ނިދާފައި އޮއްވާ އެގެއަށް ގޮތް ނޭނގޭ ފިރިހެނަކު ވަދެ، އަންހެން މީހާއަށް ޖިންސީ ގޯނާކޮށްފައިވާ ކަމުގެ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. 

މި ހާދިސާއާ ގުޅިގެން އިތުރު ތަފްސީލެއް ފުލުހުން ހިއްސާއެއް ނުކުރެ އެވެ. ނަމަވެސް އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ. 

9%
ކަމުގޮސްފި
52%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް