ads
ވިނަރެސް ފްލެޓެއްގެ އެތެރެ--
ވިނަރެސް ފްލެޓް ގަތުމަށް ފުރުސަތު ހުޅުވާލައިފި
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ވިނަރެސް ފުލެޓުތައް ގަތުމަށް ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ފުރުސަތު ހުޅުވާލާފައިފި އެވެ.

ވިނަރެސް ފުލެޓް ތަކަކީ ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ސަރުކާރުން މާލެ ސަރަހައްދުގެ ޖާގައިގެ ދަތިކަމަށް ހައްލެއް ގެނައުމަށް އިމާރާތްކުރަން ފެށި ހައުސިން ޕްރޮޖެކްޓެކެވެ. 

"ވިނަރެސް" އަކީ 13 ބުރީގެ 10 ޓަވަރުގައި ތިން ކޮޓަރީގެ 1،344 އެޕާޓްމަންޓް ހިމެނޭ މަޝްރޫއުއެކެވެ.

ވިނަރެސް ފުލެޓުތަކުގެ 100 ހައުސިން ޔުނިޓު ހާޢްސަކޮށްފައިވަނީ މާލޭގެ ރައްވެހިންގެ ތެރޭގައި ނުހިމެނޭ އެހެން ނަމަވެސް މާލޭގައި ދިރިއުޅޭތާ ފަނަރަ އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ފަރާތްތަކަށެވެ. 

ފްލެޓުގެ އަގު 2.52 އާއީ 2.59 މިލިއަން ރުފިޔާއާ ދެމެދުގެ އަގުތަކެއްގަ އެވެ. އެޗްޑީސީން ބުނީ ފުލެޓް ލިބޭ ފަރާތްތަކުން މި ފައިސާ އެއްފަހަރާއި ދެއްކިދާނެ ކަމަށާއި، ނުވަތަ އިންސްޓޯލްމަންޓަށް ބަހާލައިގެން 20 އަހަރާއި، 25 އަހަރާއި ދެމެދުގެ މުއްދަތެއްގައިވެސް ދެއްކިދާނެ ކަމަށެވެ. އެޕާޓްމަންޓުގެ ބޮޑުމިނަކީ 1395 އަކަފޫޓެވެ.

ފުލެޓުތައް ބައްލައިގަތުމަށް ފުރުސަތު ހުޅުވާލާފައިވާއިރު ޕޮއިންޓްދޭ އުސޫލެއްވެސް ވަނީ އިއުލާނުކޮށްފަ އެވެ. 

ޕޮއިންޓް ދޭ އުސޫލުތަކަކީ

  1. މައި އެޕްލިކެންޓް އަދި ކޯ އެޕްލިކެންޓްގެ ނަމުގައި މާލެ ސަރަހައްދުގައި 600 އަކަފޫޓަށް ވުރެ ބޮޑު ބޯހިޔާވެހިކަމެއް ނެތް ނަމަ 25 ޕޮއިންޓު.
  2. 18 އަހަރުން ދަށުގެ ދަރިންނާއި ޝަރުއީ ގޮތުން ހަވާލުވެގެން ބަލަމުންދާ ދަރިންގެ އަދަދު.
  3. ދިރިއުޅޭ އެޕާޓްމަންޓުގައި އުޅޭ މީހުންގެ އަދަދު.
  4. ބަދިގެ އާއި ލިވިން އޭރިއާގެ ބޮޑުމިން.
  5. ފާހާނާގެ އަދަދާއި އެއް ފާހާނައެއް ބޭނުން ކުރާ މީހުންގެ އަދަދު.
  6. ހާއްސަ އެހީއަށް ބޭނުންވާ މީހެއް ހުރި ނަމަ އިތުރު 10 ޕޮއިންޓް.

ވިނަރެސް ފްލެޓުތައް ބައްލަވައިގަތުމަށް އެޗްޑީސީންގެ ވެބްސައިޓުގައި އީފާސް މެދުވެރިކޮށް އޮންލައިން ޕޯޓަލްގައި ބައިވެރިވެވޭއިރު މި ފުރުސަތު އަންނަ ސެޕްޓެމްބަރު 15 އާ ހަމައަށް އޮންނާނެ ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ. 

40%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
40%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް