ads
ފޮޓޯ: އެމްއެންޑީއެފް
ޑައިވިން އަށް ގޮސް އުޅުނު ފަތުރުވެރިޔަކު މަރުވެއްޖެ
ފަރުކޮޅުފުށީ މޫދަށް އެރި، ފްރީޑައިވްކުރަން ދިޔަ މީހަކު މަރުވެއްޖެ އެވެ.

އެމްއެންޑީއެފް އިން ބުނީ ‏ފްރީޑައިވަށް ދިޔަ ސައުތު ކޮރެއާއަށް ނިސްބަތްވާ އުމުރުން 49 އަހަރުގެ ފިރިހެނަކު ގެއްލިގެން އެ އިދާރާއަށް މިއަދު ހެނދުނު 11:05 ހާއިރު ރިޕޯޓް ލިބުނު ކަމަށާއި، އެވަގުތުން ފެށިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަން ފެށި ކަމަށެވެ. 

އޭނާ ގެއްލިގެން ހޯދަމުން ދަނިކޮށް މިއަދު 11:50 ހާއިރު އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ޑައިވަރުންނަށް އޭނާގެ ހަށިގަނޑު، ކ.ގާގަނޑުގެ ދެކުނުން 30 މީޓަރު އަޑިން ފެނިފައިވާ ކަމަށްވެސް އެމްއެންޑީއެފް އިން ވަނީ ބުނެފަ އެވެ. 

އެމްއެންޑީއެފް އިން އިތުރަށް ބުނީ އޭނާގެ ހަށިގަނޑު މޫދުން ނެގުމަށްފަހު މިއަދުގެ މެންދުރު 12:00 ހާއިރު، އައިޖީއެމްއެޗް އަށް ގެންގޮސްފައި ވާކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް