ads
ނައިބް ރައީސް ފައިސަލް ނަސީމް--
ކާމިޔާބު ލިބޭނީ އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކޮށްގެން: ނައިބް ރައީސް
ކޮންމެ ކަމެއް ކުރާއިރު ވެސް ލިބޭ އެންމެ ބޮޑު ކާމިޔާބަކީ އެކުގައި މަސައްކަތް ކުރުން ކަމަށް ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ޖަމާލުއްދީން ސްކޫލުގެ 35 ވަނަ އަހަރީދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ނައިބް ރައީސް ވިދާޅުވީ އެކުގައި މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމުކުރެވޭނީ އިހްތިރާމްކޮށްގެން ކަމަށެވެ. މުދައްރިސުންނާއި މައިންބަފައިންނާ ބޮޑެތި މީހުންނަށް އިހްތިރާމު އަދާކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ދަރިވަރުންގެ ކިބައިން އެދިވަޑައިގަތެވެ.

ސްކޫލުގެ އަހަރީދުވަސްފަދަ ދުވަހެއްގައި އަޒުމު ކަނޑައަޅަންވީ އެއްކަމަކީ ޓީޗަރުންނާއި އުގަންނައިދޭ ފަރާތްތަކަށް އިހްތިރާމު އަދާކުރުމާއެކު އެފަރާތްތަކާ ގާތްގުޅުމެއް ބޭއްވުމާއި ޓީޗަރުންދެއްވާ ފިލާވަޅުތައް ރަނގަޅަށް ދަސްކުރުމަށް ކަމަށް ވެސް ވިދާޅުވި އެވެ. 

ނައިބު ރައީސް އިތުރަށް ވިދާޅުވީ ރާއްޖޭގެ ތައުލީމީ ނިޒާމުގެ ތެރެއަށް ޖަމާލުއްދީން ސްކޫލުން ދައްކުވައިދީފައިވާ ނަމޫނާތަކަކީ މުޅިޤައުމުވެސް ފަހުރުވެރިވާފަދަ ކަންތައްތަކެއް ކަމަށެވެ. އެގޮތުން އެކިއެކި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މަދަރަސީ ތައުލީމު ދިނުމަށްޓަކާ އެންމެ ފުރަތަމަ އެ މަސައްކަތްކުރެވުނު ސްކޫލަކީ ޖާމާލުއްދީން ސްކޫލުކަމާއި އަދި ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތުގައި ވަރަށް ކުރިއްސުރެ އެ ސްކޫލުން ނަމޫނާ ދައްކުވައިދީފައިވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން 1997 ވަނަ އަހަރު ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރުމުގެ އަގުވަޒަންކޮށް އޭރުގެ ރައިސުލްޖުމްހޫރިއްޔާގެ ތިމާވެށީގެ ފެހިފަތް އެސްކޫލުން ހާސިލުކޮށްފައިވާކަމީ އެ ސްކޫލުގައި މީގެ 35 އަހަރު ކުރިން ފެށިގެން މިއަދާ ހަމައަށް މަސައްކަތްކުރި ފަރާތްތަކުގެ މައްޗަށް ފަހުރުވެރިވާން ޖެހޭކަމެއްކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް