ads
ރާއްޖޭގެ ބޮޑީ ބިލްޑަރު ރަން މެޑެއްޔާއެކު
ރާއްޖެއަށް އަނެއްކާވެސް ރަން މެޑަލްއެއް
މާފުށީގައި މިހާރު ކުރިއަށްދާ އޭޝިއަން ބޮޑީ ބިލްޑިންގ ޗެމްޕިއަންޝިޕްގައި ރާއްޖޭން އަނެއްކާވެސް ރަން މެޑެއްޔެއް ހޯދައިފިއެވެ.

ރާއްޖޭގެ ހުސެއިން ހިމްޔާންވަނީ އެތުލެޓިކް ފިޒިކް 175 ސީއެމްގައި ވާދަކޮށް ރަން މެޑަލް ހޯދާފައެވެ. ހިމްޔާން ރަން މެޑަލް ހޯދީ،  އިރާން، އިންޑިއާ، ވިއެޓްނާމް، އުޒްބެކިސްތާން، އިންޑޮނޭޝިއާ އަދި އިރާގުގެ އެތުލީޓުންނާ ވާދަކޮށެވެ.

ހިމްޔާންގެ ރަން މެޑެލްއަކީ މި މުބާރާތުގައި މިހާތަނަށް ދިވެހިންނަށް ލިބުނު ތިންވަނަ ރަން މެޑެލްއެވެ. ބޮޑީ ބިލްޑިން އަޕް ޓު 55 ކެޓަގަރީން ދިވެހި އެތްލީޓް މުހައްމަދު މޫސާ (މޯޑް) ވެސް ރަން މެޑަލް ހޯދިއެވެ. އަދި ރާއްޖޭގެ އަޒްނީން ރަޝާދު ވަނީ ސްޕޯޓް ފިޒިކް 170 ސީއެމް ކެޓަގަރީން ރަން މެޑަލް ހާސިލް ކުރިއެވެ.

0%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް