ads
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޝަރީފު
ސްޓެލްކޯއިން ބޭނުން ނުކުރާ ކަރަންޓަކަށް ބިލެއް ނުކުރާނެ
ގޭ ބިސީތަކުން ބޭނުން ނުކުރާ ކަރަންޓަކަށް ސްޓެލްކޯ އިން ބިލެއް ނުކުރާނެ ކަމަށް އެކުންފުނިން ބުނެފި އެވެ.

މިދިޔަ މަހުގެ ކަރަންޓް ބިލްތައް ބޮޑު ކަމަށް ބުނެ ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވީ ސްޓެލްކޯއިން ބިލްކުރާނީ ގޭބީސީ ތަކުން އެބަޔަކު ބޭނުންކޮށްފައި ހުންނަ ކަރަންޓަށް އެކަނި ކަމަށެވެ. 

ބިލް ބޮޑުވުމަށް ގެނެވޭނެ ހައްލާއި ކަރަންޓުގެ ހަރަދު ކުޑަ ކުރަން ނުވަތަ ރައްޔިތުންނަށް ލުއި ގޮތެއް ހޯދައި ދިނުމަށް ކުރެވިދާނެ ކަންކަމާއި ގުޅިގެން ޝަރީފް ވަނީ ވާހަކަ ދައްކަވާފަ އެވެ. 

ޝަރީފް ވިދާޅުވީ ކަރަންޓް ބިލްތައް ކުޑަކުރުމުގެ މަސައްކަ ކުރަން އެންމެ ބޮޑު ދައުރެއް އަދާކުރަންވާނީ ރައްޔިތުން ކަމަށާއި، ބޭނުން ކުރެވޭ މިންވަރު މަދުކޮށް ނުވަތަ ބޭކާރު ގޮތުގައި ކަރަންޓް ބޭނުން ނުކޮށް އިގްތިސާދު ކުރަންޖެހޭ ކަމަށެވެ. 

މާލެ ސަރަހައްދުން ކަރަންޓު ކަނޑައިގެންދާ ކަމުގެ ޝަކުވާއަށް ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ މިހާރު އެކުންފުނިން މި މައްސަލަ ހައްލުކުރަން ވަރަށްބޮޑެތި މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އަދި ވިދާޅުވީ މާލޭގެ އެއް ސަރަހައްދަކުން ކަރަންޓު ކަނޑައިގެން ދިއުމުން އެހެން ސަރަހައްދަކުން ކަރަންޓު ދިއުމުގެ ފުރުސަތު ވަރަށް ކުޑަވެފައިވާ ކަމަށެވެ. 

ސޯލާއިން ކަރަންޓު އުފައްދަން މިއަހަރުގެ ތެރޭގައި ވަރަށް ބޮޑު ފޯކަސް އެއް އޮތް ކަން ފާހަގަކުރައްވަމުން ޝަރީފް ވިދާޅުވީ ސޯލާ ނުވަތ އަވިން ކަރަންޓް އުފައްދާ މިންވަރު އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް މިވަގުތު ކުރަމުން އަންނަ ކަމަށޭވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް