ads
އިޓަލީގެ ބޮޑުވަޒީރު ކަމުގެ މަގާމުގައި ހުންނެވި، މާރިއޯ ޑްރަގީ
އިޓަލީގެ ބޮޑުވަޒީރު ޑްރަގީ އިސްތިއުފާ ދެއްވައިފި
އިޓަލީގެ ބޮޑުވަޒީރު ކަމުގެ މަގާމުގައި ހުންނެވި، މާރިއޯ ޑްރަގީ އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ބޮޑުވަޒީރު ކަމުގެ މަގާމުން ޑްރަގީ އިސްތިއުފާ ދެއްވަން ނިންމެވީ، ޑްރެގީ އާއި ދެކޮޅަށް އެގައުމުގެ ރައްޔިތުންގެ މަޖިލީހުން ނެގި އިތުބާރު ނެތް ކަމުގެ ވޯޓުން ޑްރަގީ އަށް ކާމިޔާބު ހޯއްދަވާފައި ވަނިކޮށެވެ. 

ބޮޑުވަޒީރު ކަމުގެ މަގާމަށް އޭނާއަށް އިތުބާރު އޮތް ކަމަށް މަޖިލީހުން ނެގި ވޯޓަށް ފަހު، ޑްރަގީ މަގާމުން އިސްތިއުފާ ދެއްވުމަށް ނިންމެވީ، ސަރުކާރު ކޯލިޝަންގެ މެމްބަރުން އޭނާއަށް އިތުބާރު ނުކުރައްވާކަމަށް ވިދާޅުވެ އެވެ. 

އަދި އިތުބާރު ނުކުރާ ބަޔަކާއި އެކު މަސައްކަތް ކުރުމަކީ އެދެވޭ ކަމެއް ނޫން ކަމަށްވެސް ޑްރަގީ ވަނީ ބުނެފަ އެވެ. 

ބޮޑުވަޒީރު ކަމުގެ މަގާމުން މިއަދު އިސްތިއުފާ ދެއްވާފައި ވާއިރު، މި އަހަރުގެ ސެޕްޓެމްބަރު-އޮކްޓޯބަރު މަހު އެގައުމުގައި އޮންނަ ރިޔާސީ އިންތިހާބުގައި ޑްރަގީ ވާދަކުރައްވަން ނިންމަވާފައި ވާކަމަށް ބައެއް ރިޕޯޓްތަކުގައި ވަނީ ބުނެފަ އެވެ. 

ޑްރަގީ ވަނީ މީގެ ކުރިން ޔޫރަޕިއަން ސެންޓްރަލް ބޭންކުގެ ސީއީއޯ ކަމުގެ މަގާމު އަދާ ކުރައްވާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް