ads
އެމްޑީޕީގެ ގައުމީ މަޖިލީހުގައި ޖަލްސާ
އެމްޑީޕީއަށް ލިބޭ ފައިސާގެ 60 އިންސައްތަ ދާއިރާ ތަކަށް ދިނުމަށް ފާސްކޮށްފި
ދައުލަތުން ސިޔާސީ ޕާޓީތަކަށް ދޭ ފައިސާގެ ތެރެއިން އެމްޑީޕީ އަށް ލިބޭ ފައިސާގެ 60 އިންސައްތަ އެ ޕާޓީގެ ދާއިރާތަކުގެ މައްޗަށް ބަހަން ފާސްކޮށްފި އެވެ.

މިއީ އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަގާމަށް ދާދިފަހުން އިންތިހާބު ވެވަޑައިގެންނެވި އިކޮނަމިކް މިނިސްޓަރު އެމަނިކުފާނު ކެމްޕޭން ދުވަސްވަރު ވެވަޑައިގެންނެވި ވައުދުކެވެ. 

އެމްޑީޕީ އިން ބޭއްވި އެޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި މި ގޮތަށް ފައިސާ ބެހުމަށް ގަރާރު ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެމްބަރު އަދި މާލީ ކަންތައްތަކާ ބެހޭ ޑެޕިއުޓީ ޗެއާޕާސަން އަހުމަދު އަބްދުﷲ އެވެ. 

އޭނާ ހުށަހެޅުއްވި ގަރާރުގަައި އެމްޑީޕީ އަކީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކަންކަން ކުރަން އިސްނަގާ ޕާޓީއެއް ކަމަށާއި، އެހެންކަމުން މި އަހަރުން ފެށިގެން އެޕާޓީއަށް ދައުލަތުގެ ފަރާތުން ދޭ ފައިސާގެ ތެރެއިން 60 އިންސައްތަ ދާއިރާ ތަކަށް ބެހުމަށް ވަނީ ހުށަހަޅައިފަ އެވެ. 

މި ނިންމުން ނިންމާފައި ވަނީ އެމްޑީޕީ ގައުމީ މަޖިލީހުގެ 71 މެންބަރުންގެ އިއްތިފާގުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް