ads
އެކަކު އަނެކަކަށް ހެޔޮ ބަސް ބުނުމަށް ހުތުބާގައި ގޮވާލައިފި
އެކަކު އަނެކަކަށް ހެޔޮ ބަސް ބުނުމަށް ހުތުބާގައި ގޮވާލައިފި
އެކަކު އަނެކަކަށް މުއާމަލާތް ކުރުމުގައި ހުތުރު ބަސްތަކުން އެއްކިބާވެ ހެޔޮ ބަސް ބުނުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފި އެވެ.

ހުތުބާފގައި ބުނެފައި ވަނީ މާތްﷲ އެކަލާންގެ އެންމެހައި އަޅުތަކުންނަށް ހެޔޮ ކަންތައްތަކަށް އަމުރު ކުރައްވާފައިވާ ކަމަށާއި، ރިވެތި އަހުލާގުން ޒީނަތްތެރިވެ ހެޔޮބަސް ބުނުމަށް އަމުރުކުރައްވާފައިވާ ކަމަށެވެ. 

ހެޔޮބަސް ބުނުމަކީ ހެޔޮ މަގަށް މީސްތަކުންނަށް ދޮރު ހުޅުވޭނެ ތަޅުދަނޑިކަން ފާހަގަ ކުރައްވަމުން ހުތުބާގައި ބުނެފައި ވަނީ އެއީ ގަހަކުން ނުކުންނަ ފައިދާހުރި މޭވާއެއް ކަމަށާއި، އެއިން ހިނިތުންވުން ގެނެސްދޭ ކަމެއް ކަމަށެވެ. 

ރިވެތި އަހުލާގުން މުއާމަލާތްކޮށް އެކަކު އަނެކަކަށް ހެޔޮ ބަސް ބުނުމަކީ އިސްލާމް ދީން އެންމެ ބޮޑަށް ބާރު އަޅާކަން ފާހަގަކުރައްވައި ހުތުބާގައި ބުނެފައި ވަނީ ހެޔޮބަސް ބުނުމަށް ކީރިތު ގުރުއާނުގެ އެތަކެއް އާޔަތްތަކުގައި އެކަން ފާހަގަކޮށްފައި ވާ ކަމަށެވެ. 

އަދި މައިން ބަފައިންނާއި، އާއިލާގެ މެންބަރުންނާއި، މުހާތަބުކޮށް ވާހަކަ ދައްކާއިރު ހެޔޮ ބަސް ބޭނުން ކުރުމަކީ މުހިންމު ކަމެއް ކަމަށާއި، މިކަމުން އާއިލާގެ މެދުގައި އޮންނަންޖެހޭ އެކުވެރިކަމާއި، އެއްބަނޑު އެއްބަފާ ކަމުގެ ގުޅުން އިތުރަށް ވަރުގަދަވެ ލޯބި އިތުރުވެ އެ އާއިލާއެއްގައި އުފާވެރިކަން އޮންނާނެ ކަމަށެވެ. 

ހަމަ އެފަދައިން ދެމަފިރިންގެ ދެމެދުގައިވެސް މުއާމަލާތް ކުރަން ވާނީ ރީތި ބަހުން ކަމަށާއި، އޯގާތެރިކަމާއެކުގައި ކަމަށެވެ. އަދި އެކަކު އަނެކަކާއި ހުތުރު ބަހުން ވާހަކަ ދައްކައި އެކަކު އަނެކެއްގެ ހިތުގައި ޖައްސައި އުޅުމަކީ އެދެމީހުންގެ ދެމެދުގައި އޮންނަންޖެހޭ ލޯތްބާއި ގުޅުން ކެނޑި ކުލުނު ނެތިދާނެ ކަމެއް ކަމަށްވެސް ހުތުބާގައި ވަނީ ބުނެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް