ads
މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ސީއީއޯ ޑރ. އަބްދުލް ހަންނާން
އުސޫލުތަކާއި ހިލާފަށް ހިންގާ ކޯސްތައް ބަލާނުގަންނާނަން: އެމްކިއުއޭ
ކަނޑައަޅާފައިވާ އުސޫލުތަކާއި ހިލާފަށް ހިންގާ ކޯސްތައް ބަލައި ނުގަންނާނެ ކަމަށް، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ބުނެފި އެވެ.

އެމްކިއުއޭއިން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ބައެއް ފަރާތްތަކުން އެ އޮތޯރިޓީއިން ހަދާފައިވާ އުސޫލުތަކާއި، ގަވައިދު ތަކުގެ އިތުރުންއެކްރެޑިޓޭޝަން ގަވާއިދާ ހިލާފަށް، މަތީ ތައުލީމުދޭ ބައެއް މަރުކަޒުތަކުން އަމަލުކުރަމުންދާ ކަމުގެ ޝަކުވާ އެ އޮތޯރިޓީއަށް ލިބެމުން އަންނަ ކަމަށެވެ. 

"އީ-ލާނިން ޑެލިވަރީ މޮޑަލިޓީގައި ހިންގުމުގެ ހުއްދަ ދީފައި ނުވާ ޕްރޮގްރާމްތައް އީ-ލާނިން ޑެލިވަރީ މޮޑަލިޓީގައި ހިންގާކަމަށް އިޝްތިހާރު ކުރަމުންދާކަން އެބަ ފާހަގަކުރެވޭ. މިއީ ގަވައިދާއި ހިލާފަށް ކުރަމުން އަންނަ ކަމަށް." އޮތޯރިޓީއިން ނެރެފައިވާ ބަޔާނުގައި ވަނީ ބުނެފަ އެވެ.

މީގެ އިތުރުން އެބަޔާނުގައި އިތުރަށް ބުނެފައިވަނީ، ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވައިދާ ހިލާފަށް ހިންގަމުން އަންނަ ކޯސްތަށް އެ އޮތޯރިޓީއިން ބަލައި ނުގަންނާނެ ކަމަށާއި، އެ ގޮތަށް ކޯސް ހިންގާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި އެ ފަދަ ކޯސްތައް ބަލައި ނުގަންނާނެތީ، އެ ކޯސްތައް ހިންގާ ފަރާތްތަކުގެ އިތުރުން އެފަދަ ކޯސްތަކުގައި ބައިވެރިވާ ފަރާތްތަކަށް އެކަން އަންގާ ކަމަށެވެ. 

ރާއްޖޭގައި ފަހަކަށް އައިސް ކިޔަވައިދޭ ކޮލެޖު ޔުނިވާސިޓީތައް އިތުރު ވެފައި ވާއިރު، ބައެއް ފަރާތްތަކުން ގަވައިދާ ހިލާފަށް އެކި ކަންކަން ކުރަމުން ގެންދާކަން ފާހަގަ ކޮށްލެވެ އެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް