ads
އިންޑިއާގެ ދެ ފަތުރުވެރިން ހަނީމޫނަށް މާފުށީގައި...
ކޮވިޑަށްފަހު ފަތުރުވެރިކަމަށް ލޯނު ނެގި މިންވަރު އިތުރު ވެއްޖެ: އެމްއެމްއޭ
ކޮވިޑްގެ ބަލިމަޑުކަމަށްފަހު ފަތުރުވެރިކަން ތަރައްގީކުރަން ލޯނު ނަގާ މިންވަރު އިތުރުވެފައިވާ ކަމަށް މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮޓޮރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

އެމްއެމްއޭ އިން ނެރުނު މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ރިޕޯޓުގައިވާ ގޮތުން ލޯނާއި ކްރެޑިޓް ފެސިލިޓީިތައް މެދުވެރިކޮށް ބޭންކްތަކުން ފައިސާ ނެގި ވަރު ވެސް ވަނީ 28 ބިލިއަން ރުފިޔާ އަށް އަރައިފަ އެވެ. 

މި ލޯނުތަކުގެ 28 އިންސައްތަ ވަނީ ފަތުރުވެރި ކަމުގެ މަސައްކަތްތަކަށް ކްރެޑިޓް ލޯނުގެ ގޮތުގައި ދޫކުރެވިފަ އެވެ. 

ފަތުރުވެރި ކަމުގެ ގޮތުގައި ނަގާ ލޯނުތަކުގައި ފަތުރުވެރިކަން އިތުރަށް ތަރައްގީ ކުރަން ކުރެވޭ މަސައްކަތްތަކާއި، އާ ރިސޯޓުތައް ހެދުމަށް ނަގާ ލޯނުގެ އިތުރުން ރިސޯޓުތަކުގެ މަރާމާތަށްވެސް ލޯނު ނަގާފައިވެ އެވެ. 

އެމްއެމްއޭގެ ތަފާސް ހިސާބަށް ބަލާއިރު ދިވެހިން ކްރެޑިޓަށް ތަކެތި ނަގާ މިންވަރުވެސް ވަނީ 20 އިންސައްތަ އިތުރުވެފަ އެވެ. 

ތަފާތު އެކި ތަންތަނުން ކްރެޑިޓް ސްކީމަށް ތަކެތި ނަގާއިރު އެންމެ ބޮޑަށް ފާހަގަވެގެން ދަނީ ކްރެޑިޓަށް ސައިކަލު ނެގުމާއި، އަގުބޮޑު މޯބައިލް ފޯނާއި، ލެޕްޓޮޕް ފަދަ އިލެކްޓްރޯނިކް ސާމާނެވެ. 

މި ނޫނަށް ގެދޮރު އިމާރާތް ކުރުމަށް ކޮންސްޓްރަކްޝަން މަސައްކަތް ކުރުމާއި އެކަންކަމާއި ގުޅުން ހުރި ތަކެތި ގަތުމަށްވެސް ކްރެޑިޓް ފެސިލިޓީ ބޭނުން ކުރާ މިންވަރު އިތުރުވަމުން އަންނަ ކަން ފާހަގަ ކުރެވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް