ads
ފޮޓޯ: އޭބީސީ ނިއުސް
ވިއްސާރައިގެ ސަބަބުން ގެއްލުންވި ފަރާތްތަކަށް ސަރުކާރުން އެހީއެއް ނުވި
ޕާކިސްތާނަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ގެއްލުން ލިބުނު ފަރާތްތަކަށް އެގައުމުގެ ސަރުކާރުން އެހީތެރިވެދޭން ދެކޮޅު ހަދަމުން އަންނަ ކަމަށް ބައެއް ފަރާތްތަކުން ބުނެފި އެވެ.

އެގައުމަށް މިހާރު ކުރަމުންދާ މޫސުމީ ވިއްސާރައިގައި ސަބަބުން 324 މީހަކު މިހާތަނަށް މަރުވެފައިވާ އިރު، ލައްކަ އަކަށް ވުރެ ގިނަ މީހުންނަށް އެކަމުގެ ސަބަބުން ވަނީ ބޮޑެތި ގެއްލުން ވެފަ އެވެ. 

ގެއްލުން ލިބުނު ފަރާތްތަކާއި ހަވާލާދީ އެގައުމުގެ ނޫސްތަކުގައި ބުނެފައިވަނީ، ވިއްސާރައިގެ ސަބަބުން ގެތައް ބޭނުން ނުކުރެވޭ ވަރަށް ހަލާކު ވެފައި ވާކަމަށާއި، ބޯހިޔާވަހިކަން ހޯދުމަށް ވަންނާނެ ތަނެއްވެސް ނެތް ކަމަށެވެ. 

އެންމެ ފުރަތަމަ ގެއްލުން ލިބުނު ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން އެއްބަސްވި ކަމަށާއި، އެހެންނަމަވެސް ފަހުން އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ދެކޮޅު ހަދަމުން އަންނަ ކަމަށް އެފަރާތްތަކާއި ހަވާލާދީ ނޫސްތަކުގައި ވަނީ ބުނެފަ އެވެ. 

މިކަމާއި ގުޅިގެން ބައެއް ނޫސްތަކުގައި ބުނެފައިވަނީ، ސަރުކާރުން އެހީތެރިވެދޭން ދެކޮޅު ހަދަމުން ދަނީ މިވަގުތު ހާލުގައި ޖެހިފައިވާ ގިނަ ބަޔަކު ތިބުމުން އެންމެނަށް އެހީތެރިވެދޭން ސަރުކާރަށް އުނދަގޫ ވުމުން ކަމަށެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް