ads
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް
ސްޓެލްކޯގެ މުވައްޒަފުނަށް އިތުރު ބޯހިޔާވެހިކަމުގެ މަޝްރޫއެއް ފަށަނީ
ސްޓެލްކޯގެ މުވައްޒަފުންނަށް ހާއްސަކޮށްގެން އިތުރު ބޯހިޔާވަހިކަމުގެ މަޝްރޫއުއެއް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.

ރޭ ތާޖުއްދީން ސުކޫލްގައި އެ ކުންފުނީގެ ބޯޑު މެމްބަރުންނާއި، މުވައްޒަފުންނާއި ބައްދަލު ކުރައްވާ ޝަރީފް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، އެ ކުންފުނީގެ މުވައްޒަފުންނަކީ ގައުމީ ހިދުމަތެއް ކޮށްދެއްވަމުން އަންނަ ބައެއް ކަމަށާއި، އެ މުވައްޒަފުންނަށް ހިތްހަމަ ޖެހޭ މާހައުލެއް ގާއިމް ކޮށްދިނުމަކީ އެ ކުންފުނީގެ އަމާޒު ކަމަށެވެ. 

އެގޮތުގެ މަތިން އެ ކުންފުނީގެ މުވައްޒަފުންނަށް އިތުރު ބޯހިޔާވަހިކަމުގެ މަޝްރޫއުއެއް ފެށުމަށް ނިންމާފައި ވާކަމަށާއި، މި މަޝްރޫއު ފެށުމަށް ހަމަޖެހިފައިވަނީ ވިލިމާލޭގައި ކަމަށް ޝަރީފް ވިދާޅުވި އެވެ. 

"އަޅުގަނޑުމެން މިހާރު އާ ހައުސިން މަޝްރޫއަށް ބޯޑުގެ ހުއްދަ ހޯދުމުގެ މަސައްކަތް މިދަނީ ކުރަމުން. އެ ފްލެޓްތައް އިމާރާތް ކުރާނީ ވިލިމާލޭގައި. ސަރުކާރުން މާލެއާއި ވިލިމާލެ ބްރިޖަކުން ގުޅާލުމަށް ހިންގާ މަޝްރޫއު ނިމުމުން ދަތުރު ކުރުމަށް ހުރަސްތަކެއް ކުރިމަތި ނުވާނެ." ޝަރީފް ވިދާޅުވި އެވެ.

ޝަރީފްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ހިޔާ މަޝްރޫއުގެ ތެރޭގައި ހިމެނޭ ސްޓެލްކޯ މުވައްޒަފުންގެ ފްލެޓުތައް އަންނަ އޯގަސްޓު މަހު ހަވާލެކުރެވޭނެ ކަމަށެވެ.

ޝަރީފް ވިދާޅުވީ އެއްކޮޓަރީގެ އެޕާޓްމަންޓްތަކުން މަހުކުލީގެ ގޮތުގައި ނަގާނީ 5622 ރުފިޔާ ކަމަށާއި 1+2 އެޕާޓްމަންޓްތަކުން ނަގާނީ 10356، 10652 ދެމެދުގެ އަދަދެއް ކަމަށެވެ. އަދި އެއް އަހަރު ދުވަސް ވަންދެން ފެނާއި ނަރުދަމާއަށް ޖެހޭ މައްސަލަ ހައްލުކޮށްދޭނެ ކަމަށް ވެސް ޝަރީފު ވިދާޅުވި އެވެ. 

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގެ ދެ ޓަވަރެއްގައި، ސްޓެލްކޯގެ މުވައްޒަފުންނަށް 360 ފްލެޓް ވަނީ އިމާރާތް ކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް