ads
ޝައްފާނު މަރާލި މައްސަލައިގައި ކުށް ސާބިތުވެފައިވާ ހަތަރު މީހުން
ޝައްފާން މަރާލި ކަމަށް ސާބިތުވި މީހުންގެ އިސްތިއުނާފް މައްސަލަ ބަލައިގަތުމަށް އަމުރުކޮށްފި
ދެހާސް އަށާރަ ވަނަ އަހަރު ތޫނު އެއްޗަކުން ހަމަލާދީ މަރާލި އުމުރުން 14 އަހަރުގެ އިސްމާއިލް ޝައްފާން މަރާލި ކަމަށް ސާބިތުވި މީހުންގެ އިސްތިއުނާފް މައްސަލަ ހައިކޯޓުން ބަލައިގަތުމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފި އެވެ.

ޝައްފާންގެ މަރުގެ މައްސަލަ އާއި ގުޅިގެން މިދިއަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު ކްރިމިނަލް ކޯޓުން އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވީ ސ. މަރަދޫ، މޫންލައިޓް ގްލޯރީ، ހަސަން ނަބާހު އާއި ސ. ހިތަދޫ، މަލަ، މުހައްމަދު އައިމަންގެ އިތުރުން ސ. ހިތަދޫ ޗަމަން، ހުސައިން ނިހާދު އަހްމަދު އަދި މއ. ޓޮމާޓޯ ފްލާވާ، ހުސައިން ޖައިލަމްގެ މައްޗަށެވެ. 

އެމީހުންގެ މައްޗަށް އިއްވި މަރުގެ ހުކުމް އެ މީހުންގެ ފަރާތުން އިސްތިއުނާފް ކުރަން ހުށަހެޅީ، އިސްތިއުނާފް ކުރުމަށް އޮންނަ ތާރިހު ފަހަނައަޅައި ދިއުމަށް ފަހު، މިއަހަރުގެ އޭޕްރީލް މަހުގެ 13 ވަނަ ދުވަހު އެވެ.

ހައިކޯޓަށް ހުށަހެޅި އިސްތިއުނާފް މައްސަލަ ބަލައި ނުގަތުމަށް، ނިންމާ ކުރި އަމުރުގައި ބުނެފައި ވަނީ، އެ ފަރާތްތަކުން މައްސަލަ އިސްތިއުނާފް ކުރަން ހުށަހެޅީ ގާނޫނީ ގޮތުން ދީފައިވާ އިސްތިއުނާފް ކުރުމުގެ މުއްދަތަށް ފަހު ކަމަށެވެ. އެހެންކަމުން އެ އިސްތިއުނާފް މައްސަލަ ކޯޓަށް ބަލައި ނުގަނެވޭނެ ކަމަށެވެ. 

ހައިކޯޓުގެ މި ނިންމުން އެ ފަރާތްތަކުން ސުޕްރީމް ކޯޓަށް އިސްތިއުނާފަށް ހުށަހެޅުމުން، އެކޯޓުން ވަނީ ދަށު ކޯޓުން މައްސަލަ ރައްދުވާ ފަރާތްތަކަށް ލިޔެކިޔުންތައް ފޯރުކޮށް ދިނުމުގައި ގިނަ ދުވަސް ވެފައިވާ ކަމަށް ބުނެ ހައިކޯޓުން އިސްތިއުނާފް މައްސަލަ ބަލައިގަތުމަށް އަމުރު ކޮށްފަ އެވެ. 

ދެހާސް އަށާރަ ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 11 ވަނަ ދުވަހުގެ ރޭ ދަންވަރު ޝައްފާން އަށް ހަމަލާދިނީ އޮޓޯ ގަރާޖް ކައިރިންނެވެ. 

އޭނާގެ ކަރަން ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން އަނިޔާތަކަށް ފަރުވާ ހޯދަމުން ދަނިކޮށް އޭނާ މަރުވީ އޭޑީކޭ ހޮސްޕިޓަލްގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް