ads
ރައީސް ޕޫޓިން
ރަޝިއާގެ ބޭނުމަކީ މުޅި ދުނިޔެ ކޮންޓްރޯލްގެ ދަށަށް ގެނައުން: ރިޕޯޓް
ރަޝިއާގެ ބޭނުމަކީ މުޅި ދުނިޔެ އެގައުމުގެ ބާރުގެ ދަށަށް ގެނައުން ކަމަށް، އެމެރިކާގެ ޖާސޫސީ އިދާރާއިން ނެރެފައިވާ ރިޕޯޓެއްގައި ބުނެފި އެވެ.

އެެމެރިކާގެ ޖާސޫސީ އިދާރާއިން ނެރެފައިވާ ރިޕޯޓްގައި ވާގޮތުން، ރަޝިއާއިން ޔޫކްރެއިން އަށް ދެމުން އަންނަ ހަމަލާތަކަކީ، ކަމެއް ފޮރުވުމަށް އެގައުމުން ކުރަމުން އަންނަ ކަމެއް ކަމަށްވަނީ، ބުނެފަ އެވެ. އަދި މި ހަމަލާތަކުގެ ސަބަބުން ރަޝިއާއިން ކުރަން ބޭނުންވާ ކަންކަން ދުނިޔޭގެ އެހެން ގައުމުތަކަށް ނޭނގި ކުރުމުގެ ފުރުސަތު ފަހިވެފައި ވާކަމަށް ވަނީ ބުނެފަ އެވެ. 

ރިޕޯޓްގައި އިތުރަށް ބުނެފައިވަނީ، ރަޝިއާއިން ދާދިފަހުން ދައްކާލި އެގައުމުގެ ސަބްމެރިން އަކީ، އިތުރު ހަނގުރާމައަކަށް އެގައުމުން ތައްޔާރުވަމުން ދާކަމުގެއް ހެއްކެއް ކަމަށެވެ. މި ސަބްމެރިން އިން ދުނިޔޭގެ ކޮންމެ ހިސާބަކަށްވެސް މަދު ވަގުތުކޮޅެއްގެ ތެރޭ ނިއުކްލިއާ ހަމަލާދެވޭނެ ވަރުގެ ގާބިލްކަން ހުރި މެޝިނަރީސްތައް ހަރުކުރެވިފައި ވާކަމަށްވެސް އެ ރިޕޯޓުގައި ވަނީ ބުނެފަ އެވެ. 

މީގެ އިތުރުން ރަޝިއާގެ ރައީސް، ޕޫޓިން މިހާރު މެދުއިރުމަތީގެ ގައުމުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅު ތަކަކީ، ރަޝިއާއާއި އެކު އެއްބައިވެ ހަނގުރާމަ ކުރާނެ އިތުރު ގައުމުތައް ހޯދުމަށް ކުރާ ދަތުރުތަކެއް ކަމަށްވެސް ވަނީ ބުނެފަ އެވެ. އަދި މިކަމުގައި ރަޝިއާއަށް އިރާނުގެ ފަރާތުން އެއްބާރުލުން ދޭން އެއްބަސްވެފައި ވާކަމަށްވެސް އެ ރިޕޯޓުގައި ވަނީ ބުނެފަ އެވެ. 

އެމެރިކާގެ ޖާސޫސީ އިދާރާއިން މިފަދަ ރިޕޯޓެއް ނެރެފައި ވާއިރު، ރަޝިއާއިން އަދި މިހާތަނަށް މިކަމާއި ގުޅުގެން އެއްވެސް ވާހަކައެއް ދައްކާފައި ނުވެ އެވެ. އެހެން ނަމަވެސް ރަޝިއާއިން ވަނީ އެގައުމުން އެންމެ ފަހުން ދައްކާލި ސަބްމެރިން އަކީ ދުނިޔޭގެ ބާރުތަކުން ފަސްޖެހޭނެ ކަމެއް ކަމަށް ބުނެފަ އެވެ. 

70%
ކަމުގޮސްފި
15%
އަޑުއެހިތާ މިހުރީ
5%
ސަތޭކައަކުން ސުމެއް
10%
ވަރަށް ސަލާމް
ކޮމެންޓްސް