ads
ފަޒްލޫން ހައްޔަރު ކޮށްގެން ފުލުހުން ގެންދަނީ: ފޮޓޯ- އަދަދު
ފަޒާލޫން ދޫކޮށްލި މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކޮށްފި
ޔޯގާ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތަށް ހުރަސްއަޅާ ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ޝައިހް ފަޒްލޫން މުހައްމަދު ކްރިމިނަލް ކޯޓުން ދޫކޮށްލި މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފި އެވެ.

ކްރިމިނަލް ކޯޓުން ޝެއިހް ފަޒްލޫން މިނިވަންކުރީ މިމަހުގެ 21 ވަނަ ދުވަހު އެވެ. ޔޯގާ ޑޭގެ ހަމަނުޖެހުންތަކާއި ގުޅިގެން ފުލުހުން އޭނާ ހައްޔަރުކުރީ ޖުލައި މަހުގެ 22 ވަނަ ދުވަހު އެވެ. 

މިމަހުގެ 21 ވަނަ ދުވަހު ފަޒްލޫން ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން ނިންމީ ޝަރުތުތަކެއް ކުރުމަށް ފަހު އެވެ. އެގޮތުން މާލެ އިން ބޭރަށް ދާނަމަ ކޯޓަށް އެންގުމާއި، ދިރިއުޅޭ އެޑްރެސް އެންގުމާއި، އެޑްރެސް ބަދަލުވެއްޖެނަމަ އެކަން އެންގުމަށް ވަނީ ޝަރުތުކޮށްފަ އެވެ. އަދި ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދިނުމަށް ވެސް ކޯޓުން ވަނީ ޝަރުތުކޮށްފަ އެވެ. 

އޭނާ ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން ނިންމުމާއި ގުޅިގެން، ދައުލަތުގެ ފަރާތުން ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހުން މިއަދުގެ ވަގުތެއްގައި އެ މައްސަލަ އިސްތިއުނާފް ކުރުމަށް އެދި ވަނީ ހައިކޯޓަށް ހުށަހަޅާފަ އެވެ. އެހެންނަމަވެސް އަދި މިހާތަނަށް ހައިކޯޓުން އެ މައްސަލަ އާއި މެދު ގޮތެއް ނިންމާފައި ނުވެ އެވެ. 

ފަޒްލޫންގެ މައްޗަށް ދައުލަތުން ދައުވާ ކުރަނީ ޓެރަރިޒަމް ހުއްޓުވުމާއި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުންނެވެ. 

ޔޯގާ ހެދުމާއި ދެކޮޅަށް އަޑު އުފުލި ކަމަށް ބުނެ ހައްޔަރު ކުރި މީހުންގެ ތެރޭގައި އިދިކޮޅު ޕީޕީއެމް އަށް ނިސްބަތްވާ އެޕާޓީގެ އިސް ސަފުގައި މަސައްކަތް ކުރައްވާ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް