ads
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް-- ފޮޓޯ: އަވަސް
ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު އެކުލަވައިލީ އޭޖީއެއް ނޫން، އިކޮނޮމިކް މިނިސްޓްރީން
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް އެކުލަވައިލީ އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ނޫން ކަމަށާއި، އެ މަސައްކަތް ކުރީ އިކޮނޮމިކް މިނިސްޓްރީން ކަމަށް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

އެ ގާނޫނަށް ހުށަހަޅާފައިވާ ބައެއް އިސްލާހުތަކާ މެދު އާއްމުން ދަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ ބިލުގައި ވަނީ ޕްރޮބޭޝަން މުއްދަތު ހަ މަހަށް ދިގުކޮށް، ސަލާމް ބުނުމުގެ އުސޫލުތަކަށް ބަދަލު ގެނައުމަށް ހުށަހަޅާފަ އެވެ. 

ޓްވިޓާގައި ފާޑުކީ މީހަކު ބުނެފައި ވަނީ އެ ބިލް މަޖިލީހަށް ހުށަހެޅުމުގެ ކުރިން އޭޖީ އިބްރާހިމް ރިފްއަތު، އޭގެ ޑްރާފްޓް މިނިސްޓަރު ފައްޔާޒުއާ ހިއްސާ ނުކުރެއްވި ސަބަބާ މެދު ވިސްނޭ ކަމަށެވެ. 

އެ ޓްވީޓާ ގުޅިގެން ފައްޔާޒު ވިދާޅުވީ އެ ބިލް ޑްރާފްޓް ކުރީ އޭޖީ އޮފީހުން ނޫން ކަމަށާއި، އެ މަސައްކަތް ކުރީ އޭނާގެ ބެލުމުގެ ދަށުން ކަމަށެވެ. އަދި އެ ބިލާ އޭޖީ ރިފްއަތާއި މަޖިލީހަށް ބިލް ހުށަހެޅުއްވި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހްމަދު އީސާއާ ގުޅުމެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ. 

"އަޅުގަނޑުމެން ދެކޭ ގޮތުގައި އަޅުގަނޑުމެންގެ ހުށަހެޅުންތަކަކީ ގިނަ މައްސަލަތަކަށް އެދެވޭ ހައްލެއް. އަޅުގަނޑުމެންނަކީ ޑިމޮކްރެޓިކް ގައުމެއް. އެހެންވީމާ ބަހުސް ކުރުމަށާއި، އިތުރު ހިޔާލު ހުށަހެޅުމަށް ފުރުސަތު އެބަ އޮތް،" ފައްޔާޒު ވިދާޅުވި އެވެ. 

މިހާރު ވަޒީފާއާ ބެހޭ ގާނޫނުގައިވާ ގޮތުން ޕްރޮބޭޝަނުގެ އެންމެ ދިގު މުއްދަތަކީ ތިން މަހެވެ. އެ މުއްދަތު ހަ މަހަށް އިތުރު ކުރުމަކީ މުވައްޒަފުންގެ ވަޒީފާގެ ސަލާމަތްތެރިކަން ގެއްލިގެންދާނެ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް