ads
ޖަވާ އަދި އަންހެނުން ޝާނީޒް
ނާޒިމާ ބޭރުކޮށް ބައްސާމުގެ ޓީމުގައި ޖަވާގެ އަންހެނުން
ކުއްލި ގޮތަކަށް ބާއްވަން އިއުލާންކުރި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިންތިޚާބުގައި ރައީސްކަމަށް ވާދަކުރައްވާ ބައްސާމް އަދީލް ޖަލީލްގެ ޓީމުން އައިޝަތު ނާޒިމާ ބޭރުކޮށް، އެފްއޭއެމްގެ ޖެނެރަލްގެ ސެކެޓްރީ ހުސެއިން ޖަވާޒުގެ އަންހެނުން އައިޝަތު ޝާނީޒް ހިމަނައިފި އެވެ.

ބައްސާމުގެ އެކްސްކޯގައި ހިމެނޭ މެންބަރުން މިހާރު ވަނީ އެފްއޭއެމުން އާއްމުކޮށްފަ އެވެ.

އަންނަ މަހުގެ ވިހިވަނަ ދުވަހު ބާއްވަން ބައްސާމް އަމިއްލައަށް އިއުލާން ކުރެއްވި އިންތިޚާބުގައި ވާދަކުރައްވަނީ ވެސް ބައްސާމް އެކަންޏެވެ. 

ބައްސާމުގެ ޓީމުގައި ހިމެނެނީ، އަލީ އުމަރާއި މާޒިޔާގެ ސީއީއޯ ހުސެއިން ޝާފިއު އާއި، އަހުމަދު ޝަކީބް (ޑޮކް) އާއި ކުރީގެ ސްޕޯޓްސް ކޮމިޝަނަރު އަހުމަދު ނަޝީދު (ޑޭވް) އާއި މިހާރުގެ އެގްޒެކެޓިވް ކޮމިޓީ މެމްބަރު އަދި އީގަލްސްގެ ޖެނެރަލް ސެކްރެޓަރީ މުފާވިޒް ހާޝިމް (މުފާ) އާއި ގްރީން ސްޓްރީޓްސްގެ ރައީސް މުއާވިޔަތު ހަލީލާއި އެފްއޭއެމްގެ ސީނިއާ މުވައްޒަފެއް ކަމަށްވާ އައިމިނަތު ޝާނީޒް (ޝާނީ) އާއި މުހައްމަދު ޝިފާއުގެ ނަމެވެ. 

މީގެ ތެރެއިން، ޝާނީޒްއަކީ މިހާރުގެ ޖެނެރަލް ސެކެޓްރީ ޙުސެއިން ޖަވާޒުގެ އަންހެނުންނެވެ. އަދި މިދިޔަ އަހަރުގެ އޭއެފްސީ ކަޕުން ރާއްޖޭގެ އެއްވެސް ކްލަބަކަށް ޖާގަ ނުލިބުނީ، ޖަވާގެ އަންހެނުން ޝާނީޒްގެ އިހުމާލުންނެވެ. ޝާނިޒް އޭރު ހުންނެވީ ކްލަބް ލައިސެންސިންގެ ކަންތަކާއި ހަވާލުވެގެންނެވެ. ކްލަބު ލައިސެންސިންގެ ކަންތައް ދިވެހި އެއްވެސް ކްލަބަކަށް ފުރިހަމަ ނުކުރެވުނީ، ޝާނީޒް އޭނާގެ ޒިންމާ އަދާ ނުކުރުމުންނެވެ.

ބައްސާމުގެ ޓީމުން ބޭރުކުރި ނާޒިމާއަކީ ރާއްޖޭގައި ގައުމީ ފެންވަރުގައި ގިނަ ކުޅިވަރުތަކުން ރަންވަނަތަކެއް ހާސިލްކޮށްފައިވާ ފާހަގަކޮށްލެވޭ އަންހެން އެތްލީޓެކެވެ.

10%
ކަމުގޮސްފި
3%
އަޑުއެހިތާ މިހުރީ
7%
ސަތޭކައަކުން ސުމެއް
79%
ވަރަށް ސަލާމް
ކޮމެންޓްސް