ads
އިންސްޕެކްޓަ އޮފް ކަރެކްޝަނަލް ސަވިސްގެ މަޤާމަށް އައްޔަނު ކުރެވުނު އައިޝަތު ނޫރާ މުޙައްމަދު--
އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސްގެ މަގާމަށް ނޫރާ ހަމަޖައްސަވައިފި
އިންސްޕެކްޓަ އޮފް ކަރެކްޝަނަލް ސާވިސްގެ މަގާމަށް އައިޝަތު ނޫރާ މުޙައްމަދު ހަމަޖައްސަވައިފި އެވެ.

ހ. ނޫމަތީ ގެއަށް ނިސްބަތްވާ ނޫރާ މުހައްމަދު މި މަގާމަށް އައްޔަނު ކުރެވުނީ، މި މަގާމު ކުރިން ފުރުއްވެވި އަހްމަދު މުހައްމަދުފުޅު ކޮމިޝަނަ އޮފް ޕްރިޒަންސްގެ މަގާމަށް އައްޔަންކުރެއްވުމާއި ގުޅިގެން 21 ޖެނުއަރީ 2020 ވަނަ ދުވަހުން ފެށިގެން މި މަގާމު ހުސްކޮށް ހުއްޓައެވެ.

މި މަގާމަށް އައްޔަނު ކުރުމުގެ ކުރިން ނޫރާ ވަނީ މޯލްޑިވްސް ރެޑްކްރެސެންޓްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމާއި، ސޮސައިޓީ ފޮ ހެލްތް އެޑިއުކޭޝަންގެ ޑިރެކްޓަރު، ޕްރޮގްރާމްގެ މަޤާމުގެ ފުރުއްވާފަ އެވެ. އަދި މީގެ އިތުރުން ނޫރާ ވަނީ ޔޫއެންޑީޕީގެ ޕްރޮޖެކްޓް ކޯޑިނޭޓަރެއްގެ ގޮތުގައާއި، ޕްރޮޖެކްޓް މެނޭޖަރެއްގެ ގޮތުގައި އެކި ޕްރޮޖެކްޓްތަކުގެ މަސައްކަތް ކުރައްވާފަ އެވެ. 

ނޫރާ ވަނީ ތައިލެންޑްގެ ޗުލަލޮންކޯން ޔުނިވަސިޓީން މާސްޓަރސް އޮފް އާޓްސްއިން އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ސްޓަޑީޒް އަދި އެމެރިކާގެ އަޕަ ލޯވަ ޔުނިވަސިޓީން ބެޗްލަސް އޮފް ސައިންސް އިން ސައިކޮލޮޖީ އެންޑް ކޮމިއުނިކޭޝަން ހާސިލްކުރައްވާފަ އެވެ. 

އިންސްޕެކްޓަ އޮފް ކަރެކްޝަނަލް ސަވިސް އަކީ މީހުން ބަންދުކުރާ ތަންތަނުގެ ޙާލަތާއި އެތަންތަނުގައި ކަން ހިނ ގާގޮތް ބަލާ، މިނިސްޓަ އޮފް ހޯމް އެފެއާޒަށް ރިޕޯޓް ކުރުމަށްޓަކައި އައްޔަން ކުރާ މީހެކެވެ. މި މަޤާމަށް ބޭފުޅަކު އައްޔަނު ކުރެވިގެން މި ދިޔައީ ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގެ ނުވަވަނަ މާއްދާގެ (ހ) ގެ ދަށުން މިނިސްޓަ އޮފް ހޯމް އެފެއާޒް އަށް ލިބިގެންވާ ބާރުގެ ދަށުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް