ads
އެފްއޭއެމްގެ ބައެއް ރެފްރީންނާއެކު ޖީއެސް
ރެފްރީން ނެތިގެން ދެވަނަ ޑިވިޝަން ފަނިވަނީ
ރެފްރީން ހަމަ ނުވެގެން ދެވަނަ ޑިވިޝަނުގައި މިއަދު ކުޅެން އޮތް ދެ މެޗުވެސް ކެންސަލް ވެއްޖެއެވެ.

ދެވަނަ ޑިވިޝަނުގައި މިއަދު ކުޅެން އޮތް ދެ މެޗުވެސް ކެންސަލްވެފައިވަނީ ރެފްރީން ނެތިގެން ކަމަށް އެފްއޭއެމުން ބުންޏެވެ. އެހެންނަމަވެސް ރެފްރީން މެޗަށް ހާޒިރުނުވީ ކީއްވެގެން ކަމެއް އެފްއޭއެމަކުން ނުބުނެއެވެ. 

ރެފްރީން ހާޒިރު ނުވެގެން މިއަދު ފުރަތަމަ ކެންސަލްވީ، ހަވީރު އޮތް، ކްލަބު ޕީކޭއާ ސިފައިންގެ މެޗެވެ. އޭނގެ ފަހުން މިރޭ ކުޅެން ޝެޑިއުލްކޮށްފައި އޮތް ޓެންޓް ސްޕޯޓްސްއާ ޖޭޖޭގެ މެޗުވެސް ކެންސަލްވީ ރެފްރީން ނެތިގެންނެވެ. މި ދެ މެޗު އަލުން ޝެޑިއުލް ކުރާނެ ކަމަށް އެފްއޭމުން ބުންޏެވެ. 

ދެވަނަ ޑިވިޝަނުގެ ދެ މެޗު، ރެފްރީން ނެތިގެން މިއަދު ކެންސަލްވެފައިވާއިރު، އެއްވަނަ ޑިވިޝަނަށްވުރެ ދެވަނަ ޑިވިޝަނުގެ ފޯރި ގަދަކަންވަނީ ފާހަގަ ކުރެވިފައެވެ. އަދި ދެވަނަ ޑިވިޝަނުގެ މެޗުތައް ބެލުމަށް ގިނަ އަދަދެއްގެ ބަޔަކު ދަނޑަށްދާކަންވެސް ވަނީ ފާހަގަ ކުރެވިފައެވެ. 

67%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް