ads
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު-- ފޮޓޯ: ސީއެންއެމް
ފަސްވަނަ އޯޑިއޯގައި ފާހިޝް ވާހަކަ އަދި ނަޝީދަށް މަލާމާތް!
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މަލާމާތް ރައްދުކޮށް، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކަމަށް ތުހުމަތު ކުރެވޭ މީހަކު ހަޑި ހުތުރު އަމަލުތަކާ ގުޅޭ ގޮތުން ވާހަކަދައްކާ އޯޑިއޯއެއް އަނެއްކާވެސް ލީކުކޮށްލައިފި އެވެ.

އެފަދަ އޯޑިއޯތަކެއް ލީކު ކުރަމުންދާ މި ދަނޑިވަޅުގައި މިރޭ ލީކުކޮށްލާފައި ވަނީ ފަސްވަނަ އޯޑިއޯ އެވެ. މި އޯޑިއޯއިން ވެސް އިވިގެން ދަނީ އަލީ ވަހީދާއި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ކަމަށް ބެލެވޭ ބަޔެއްގެ އަޑެވެ. 

އެކަމަކު މިއީ ސައްހަ އޯޑިއޯތަކެއް ނޫން ކަމަށް އަލީ ވަހީދު ވަނީ ވިދާޅުވެފަ އެވެ. އަދި އަޑުބަރޭ ވިދާޅުވެފައި ވަނީ މިއީ އިންތިހާބާ ދިމާކޮށް ފަތުރާ ގޭސްގަނޑެއް ކަމަށެވެ.

މިރޭ ލީކުކުރި އޯޑިއޯގައި އެންމެ ފުރަތަމަ މަލާމާތް ކުރައްވަނީ ރައީސް ނަޝީދަށެވެ. އޭގެ ފަހުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއާ ގުޅޭ ގޮތުން ހުތުރު ވާހަކަދައްކަވަ އެވެ. 

އަދި ރިސޯޓަށް ނުވަތަ ސަފާރީއަކަށް ގޮސް ފާހިޝް ކަންކަން ކުރަން ރާވާ މޭރުމަކުން ވެސް އަލީ ވަހީދުގެ އަޑު ކަމަށް ދޭހަވާ އަޑުން ވާހަކަދައްކާފައި ވެއެވެ. މީގެ ކުރިން ލީކުކުރި އޯޑިއޯތަކުގައި ވެސް ނަހުލާއާ ގުޅޭ ގޮތުން ހުތުރުކޮށް ވާހަކަދައްކާފައި ވެއެވެ. 

4%
ކަމުގޮސްފި
80%
އަޑުއެހިތާ މިހުރީ
4%
ސަތޭކައަކުން ސުމެއް
12%
ވަރަށް ސަލާމް
ކޮމެންޓްސް